ފާތިމާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ އެކްޓްރެސް  ފާތިމާ ސަނާ ޝެއިޚް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރީ، އިންސްޓަގްރަމް ސްޓޯރީ މެދުވެރިކޮށެވެ. އޭނާ ބުނީ، ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާކަމަށާއި، އަދި މިހާރު ހުރީ އަމިއްލައަށް ކަރަންޓީނުވެގެން ކަމަށެވެ.

ފާތިމާ ޕޮޒިޓިވް ވުމާއި ގުޅިގެން ފޭނުން އަންނަނީ އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވަމުންނެވެ. އަދި މިކަމަށް ފާތިމާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

ފާތިމާ ބޮލީވުޑަށް ތައާރަފްވީ، އާމިރް ޙާންގެ ކާމިޔާބު ފިލްމް "ޑަންގަލް" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ