ދިއާ މިރްޒާ ބަނޑުބޮޑު!

މިދިޔަ މަހު ކައިވެނިކުރި ބޮލީވުޑްގެ ތަރި ދިއާ މިރްޒާ، ދާދިފަހަކުން ރާއްޖެ އައިސްފައިވަނީ ހަނީމޫން ހޭދަކުރުމަށެވެ. އަދި ހަނީމޫން ނިއްމާލުމަށްފަހު އެނބުރި ގައުމަށް ގޮސް އޭނާ ބަނޑު ބޮޑުކަން މިވަނީ އިއްޔެ އިއުލާންކޮށްފައެވެ.

ދިއާ ބަނޑުބޮޑުކަން ހާމަކޮށްފައި މިވަނީ، އޭނާ ރާއްޖޭގައި ހުރިއިރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާކުރުމަށްފަހުއެވެ. މި ފޮޓޯއިން ދިއާގެ މާބަނޑު ފެނިގެންދެއެވެ.

ދިއާ އާއި އޭނާގެ ފިރިމީހާ ވައިބަބް ރިކީ ކައިވެނި ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ދިއާ އާއި އޭނަގެ ފިރިމީހާ ވައިބަބްވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައެވެ. އަދި ވައިބަބް މީގެ ކުރިން ކުރި ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވެއެވެ.

ކައިވެންޏަށް ކުޑަދުވަސްކޮޅެއް ވެފައި ވަނިކޮށް ދިއާ ބަނޑުބޮޑުވުމުން ބައެއް މީހުން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ