ބޯޓު ބީހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް ސުއޭޒް ކެނަލްއިން 1 ބިލިއަން ޑޯލަރު ހޯދަން ހުށަހަޅާނެކަމަށް އިޖިޕްޓުގެ ސުއެޒް ކެނަލް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީގެ ޗެއަރމަން އޮސާމާ ރެބީ ބުނި ގޮތުގައި "އެވަރގިވަން" ސުއެޒް ކެނަލް ތާށިވުމުގެ ސަބަބުން ލިބުނު ގެއްލުން 1 ބިލިއަން ޑޮލަރަށް އަރާނެކަމަށާއި، އެއީ މިސްރުގެ ޙައްޤަކަށްވާއިރު އެފައިސާ ހޯދަން މަސައްކަތްކުރާނެކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެވަ ގިވަން ބޯޓު ދަތުރު ކުރީ ނެދަލޭންޑްސްގެ ރޮޓަޑަމް ބަނދަރަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ބަނދެފައިވާ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ ޓްރާންސްޕޯޓް ކުންފުނި އެވަގްރީން މެރިންއިންނެވެ. އެ ކުންފުނިން ބުނެފައި ވަނީ ބޯޓުގެ ކޮންޓްރޯލް ގެއްލި ކެނަލްގައި ހުރަސްވީ ގަދަ ވައިގެ ސަބަބުން ކަމަށެވެ. އަދި މިއީ ސުއޭޒް ކެނަލް އަށް ބީހުނު އެންމެ ބޮޑު ބޯޓު ކަމަށްވެ އެވެ.
224،000 ޓަނުގެ އަދި 400 މީޓަރުގެ ދިގު "އެވަރގިވަން" ނަމަކަށް ކިޔާ ބޯޓު ސުއެޒް ކެނަލަށް ބީހިފައިވަނީ މާރޗް 23 ގައެވެ. އަދި އެބޯޓު ފުންކޮށްފައިވަނީ އޭގެ 6 ދުވަސް ފަހުންނެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް ކުރީ ޓަގް ބޯޓުތައް ޖަހައިގެންނެވެ.
ސުއެޒް ކެނަލް އޮތޯރިޓީގެ ޗެއަރމަން ބުނި ގޮތުގައި "އެވަރގިވަން" ތާށިވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ އޮތޯރިންޓީން ނިންމާފައިވާއިރު، ހިމެނެނީ އެ ބޯޓު ތާށިވުމުގެ ސަބަބުން ލިބުނު ފިނާންޝިލް ގެއްލުން އެކަނި ނޫންކަމަށާއި، ނަމަވެސް އެބޯޓު ފުންކުރުމަށް ކުރި ޚަރަދުވެސް ހިމެނޭކަމަށެވެ.
އެވަރގިވަން" ބީހުމުގެ ސަބަބުން ފަހަތުން އައި އިތުރު 422 ބޯޓަށް ސުއެޒް ކެނާލް ހުރަސް ނުކުރެވިވަނީ ތާށިވެފައެވެ. އަދި ތާށިވި މިހުރިހާ ބޯޓެއްވެސްް މާދަމާ ސުއިޒް ކެނަލް ހުރަސްކުރެވޭނެކަމަށް ލަފާކުރެވޭކަމަށް އޮސާމާ ރެބީވަނީ ބުނެފައެވެ.
ސުއޭޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުއޭޒް ކެނަލުގައި އެވަރ ގްރީން ބޯޓު ތާށިވީ ގަދަވަޔާއި ވެލީގެ ތޫފާނެއް އައި ވަގުތު ބޯޓުގެ ހުންގާނު ކޮންޓްރޯލުން ނެއްޓުމާއި ގުޅިގެންނެވެ.




ހިޔާލު
Mm