މިނިސްޓަރ އޮފް ޔޫތް، ސުޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފު ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް އަލުން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ބައްދަލުވުމާއި ގުޅޭގޮތުން ރާޖަޕަކްސާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި ރާއްޖޭގައި ކްރިކެޓް ކުރިއެރުވޭނެ ގޮތްތަކާއި މެދު ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އާއި ސްރީ ލަންކާ އާ ދެމެދު 1990 ގެ އަހަރުތަކުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް އަލުން ފެށުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައި ވާކަމަށް ރާޖަޕަކްސާގެ ޓުވީޓުގައި ބުނެފައި ވެއެވެ.



