ދުނިޔޭގެ އިންޓަރނެޓުގެ ހިދުމަތުގެ 70 އިންސައްތައަށް ހަމަލާދެވޭނެކަމަށް ގަބޫލުކޮށް އެމޭޒަންގެ ޑޭޓާ ސެންޓަރެއް ގޮއްވާލަން އުޅުނު މީހަކު އެމެރިކާގެ އެފްބީއައި އިން ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި އެފްބީއައި އިން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާގެ ނަމަކީ ސެތް އާރޮން ޕެންޑްލީއެވެ. ޕެންޑްލީ ހައްޔަރުކޮށްފައިވަނީ ޕެންޑްލީއަށް އެފްބީއައި އިން ފާރަލާތާ ދުވަސްތަކެއް ފަހުން ގޮވާތަކެތި ގަތުމަށް މަސައްކަތް ކުރުމުންނެވެ.
އެފްބީއައިގެ ސަމާލުކަމަށް ޕެންޑްލީ އައިސްފައިވަނީ އޭނާކުރި އޮންލައިން ޕޯސްޓްތަކެއްގެ ރިޕޯޓު އާންމު ފަރާތަކުން ކުރުމާއި ގުޅިގެންނެވެ. އެމޭޒަންގެ ޑޭޓާ ސެންޓަރަށް ހަމަލާދިނުމަށް ގޮވާތަކެތި ގަތުމަށް ޕެންޑްލީ މުއާމަލާތް ކޮށްފައިވަނީ އެފްބީއައިގެ އަންޑަރކަވަރ އެޖެންޓަކާއެވެ.
We are indebted to the concerned citizen who came forward to report this defendant’s alarming online rhetoric. In flagging his posts to the @FBI, this individual may have saved the lives of a number of tech workers.https://t.co/npSmuukWYN
— U.S. Attorney Shah (@USAttyShah) April 9, 2021
ތަހުގީގުތަކުން މިހާތަނަށް ހޯދިފައިވާގޮތުގައި ޕެންޑްލީ މަގުސަދަކަށްވެފައިވަނީ އެމޭޒަންގެ ވެބްސާރވާ ނެޓްވޯކް ހަލާކުކޮށްލުމެވެ. ޕެންޑްލީ ގަބޫލުކުރި ގޮތުގައި އިންޓަރނެޓުގެ 70 އިންސައްތަ ކޮންޓްރޯލް ކުރަމުންދަނީ 24 އިމާރާތެއްގެތެރޭ ކުރާ މަސައްކަތުންނެވެ.
އެމޭޒަން ވެބްސާރވިސް (އޭޑަބުލިޔުއެސް) އަކީ މިޒަމާނުގެ އިންޓަރނެޓުގައި މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ. މިގޮތުން އޭޑަބުލިޔުއެސް އިން އައްނަނީ މުހިންމު ބޮޑެތި ބަޔެއް ވެބްސައިޓުތައް ހޮސްޓް ކުރަމުންނެވެ.



