ބަދިގެތެރޭން - ޓޮބްލެރޫން މިލްކްޝޭކް

ބަދިގެތެރޭން މިއަދު މިގެނެސްދެނީ ޓޮބްލެރޫން މިލްކްޝޭކް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާތަކެތި:

ޗޮކްލެޓް އައިސްކްރީމް (1 ސްކޫޕް)

ވެނީލާ އައިސްކްރީމް (1 ސްކޫޕް)

1 ޓޮބްލެރޫން

1 ޖޯޑު ކިރު (ފިނިކޮއްފައި)

1 ސައިސަމްސާ ހަކުރު

ވިޕިން ކްރީމް

ޗޮކްލެޓް ސިރަޕް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ އައިސްކްރީމް، ކިރު، ހަކުރު، ޗޮކްލެޓް އަދި އައިސްކިުބް ކޮޅު އެޅުމަށްފަހު މިކްސްޗަރ ކޮއްލާށެވެ. ދެން ތައްޓަކަށް އަޅާލުމަށްފަހު މައްޗަށް ވިޕިން ކްރީމްކޮޅު އަޅާ އޭގެމައްޗައް ޗޮކްލެޓް ސިރަޕް ކޮޅެއްއަޅާލާށެވެ. އެއަށްފަހު ބޭނުންނަމަ މަތީކައި ކިއުބްގޮތަށް ކޮށާފައި ޗޮކްލެޓްކޮޅު ކޮޅު އަތުރާލެވިދާނެއެވެ.

މިހާރުމިވަނީ ޓޮބްލެރޫން މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
541
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ