ހިނަތުންވެހުރެ ދީޕިކާ ފޭނުންނަށް ނޭވާލާން ހަނދާންކޮށްދީފި!

މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން މިފަހަކުން ފާހަވެގެން އައިސްފައިވަނީ މީސްމީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ފަރާތެއްގެ ގޮތުގައެވެ.

ހާއްސަކޮށް ދީޕިކާގެ އިންސްޓަގްރަމް އެކައުންޓުގައި، އޭނަގެ ކުޑައިރުގެ ފޮޓޯތަކާއި، ފިރިމީހާ ރަންވީރުގެ އެކި ޒާތުގެ ފޮޓޯތައް އިންސްޓަގްރަމްގައި އަންނަނީ ހިއްސާކުރަމުންނެވެ.

އެގޮތުން އެންމެފަހުން އިންސްޓަގްރަމްގައި އެއް ޕޯސްޓެއްގައި ދީޕިކާ ގެ 3 ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، މި ފޮޓޯތަކުގައި އޭނާ ފެނިގެންދަނީ ހިނިތުންވާ މަންޒަރެވެ. އަދި މި ފޮޓޯއާއެކު ފޭނުންކައިރީ ނޭވާލުމަށް ދިޕިކާ ވަނީ ހަނދާންކޮށްދީފައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެންގޮސްފައިވާ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމް ޗައްޕާކް އިންނެވެ.

ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން، ޝާހްރުކްހާން އާއެކު ފެނިގެންދާ ފިލްމް "ޕަތަން"ގެ ޝޫޓިން ދީޕިކާ ވަރަށް އަވަހަށް ފަށާނެއެވެ. މީގެ އިތުރުން ރިތިކް ރޯޝަން އާއެކު ދީޕިލާ ފެނިގެންދާނެ ފިލްމް، "ފައިޓާ"ގެ މަސައްކަތްވެސް ކުރިއަށް އެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ