ލެޓްވިއާގެ ހޮސްޓެލްއެއްގައި ރޯވެ 8 މީހުން މަރުވެއްޖެ

ލެޓްވިއާގެ ވެރިރަށް ރިގާގެ ހޮސްޓެލްއެއްގައި ރޯވެ އަށް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރޯވެފައިވާ ހޮސްޓެލްއަކީ ހަބުރީގެ އިމާރާތެކެވެ. އަލިފާން ރޯވެފައިވަނީ މި އިމާރާތުގެ ހަވަނަބުރީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރިގާ މޭޔަރ ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، މިހާދިސާގައި ގެއްލުން ލިބުނު ގިނަ މީހުންނަކީ ފަތުރުވެރިން ކަމަށާއި އެ އިމާރާތުގައި ހޮސްޓެލް ހިނގައިފައިވަނީ އެކަމުގެ ހުއްދަ ނުނަގާ ކަމަށެވެ.

މިހާދިސާ ހިނގި އިމާރާތުން 24 މީހަކު ސަލާމަތް ކޮށްފައިވާއިރު މި ސަލާމަތްކުރި މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މިހާދިސާ ހިނގައިފައިވަނީ ލެޓްވިއާ ގަޑިން ރޭ ދަންވަރުއެވެ.

ގާތްގަނޑަކަށް ހަތަރުގަޑިއިރުގެ މަސައްކަތަށްފަހު އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓުރޯލް ކޮށްފައިވާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 12:10 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ