ބައިސްކޯފުން ގެނެސްދެ "ތުންތުން މަތިން"ޕްރޮގްރާމަކީ ބެލުންތެރިންގެ މެދުގައި މިހާރު ވަރަށް ވައިގައި ހިފާލައިފައިވާ ޝޯއެކެވެ. މި ޝޯގައި ކޮންމެ ހަފްތާއަކު ގެނެސްދޭ އެޕިސޯޑުގައި ރާއްޖޭގެ މަޝްހޫރު ސެލެބްރިޓީން ހިމަނައިގެން އެކި މައުޟޫތަކަށް ބަހުސްކުރެއެވެ. އެގޮތުން އެންމެ ފަހުން ގެނެސްދީފައިވާ ޝޯގައި ބައިވެރިވެފައިވަނީ، ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި ނިމްޝާ ޒާހިރް (ނިމް)، މަރިޔަމް ޝިފާ (ޝިފާ) އަދި ނަތާޝާ (ނަތާ) އެވެ.
މި ޝޯގެ ތެރެއިން މީސްމީޑިއާގައި ބެލުންތެރިން، މި ތަރިންނަށް ކޮށްފައިވާ ކޮމެންޓްތައް ކިޔަމުން ދިޔައިރު، ނިމްޝާ (ނިމް) ގެ އުޅުމާމެދު މީހުން ފާޑުކިޔާ ކޮށްފައިވާ ކޮމެންޓްތަކަށް ރައްދު ދެމުން، ނިމް ބުނެފައިވަނީ، ނިމް މިއުޅެނީ އިސްލާހުގެ މަގުންކަމަށެވެ.
"ނިމްގެ މަގުން ނިމް މިދަނީ. މީހަކު އައިސް ނުދައްކާ މިއޮތީ އިސްލާހުގެ މަގޭ، ނިމްޝާ މި މަގުން ދާށެކޭ"، މޭކަޕް ކުރާތީ އެކަމަށް ފާޑުކިޔާ،އިސްލާހުވުމަށް ގޮވާ މީހަކު ބުނެފައިވާ ކޮމެންޓަކަށް ރައްދު ދެމުން ނިމް ބުނެފައިވެއެވެ.
މީގެ އިތުރުން، މީސްމީޑިއާގައި ނިމްގެ ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި، މައިބަފައިން ނިމް ބަލާ ބޮޑުކޮށްފައިވާ ގޮތަށް ފާޑުކިޔާ މީހަކު ކޮމްންޓެއް ކޮށްފައިވެއެވެ. ޝޯގެ ތެރެއިން މި ކޮމެންޓަށް ރައްދު ދެމުން ނިމް ބުނީ، ނިމްގެ މަންމަ ނިމް ބަލާބޮޑުކޮށްފައި ހުރީ ދަރިއެއް ބަލާ ބޮޑުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.
އެގޮތުން ޒަމާނަށް ހޭލުންތެރިކޮށް، އެކަނި އުޅެން ދަސްކޮށްދީ، އަބަދުވެސް ވަރަށް ކެރޭ މީހަކަށް ވުމަށް ކުޑައިރުންސުރެ މަންމަ ނަސޭހަތް ދީފައިވާކަމަށް ނިމް ބުންޏެވެ.
ނިމް ބުނީ، މަންމަ ދީފައިވާ ތަރުބިއްޔަތުގެ ތެރެއިން އޭނާއަކީ ރަނގަޅަށް ކިޔަވައިގެން ހުރި މީހެއްކަމަށެވެ. އަދި ދުވަހަކުވެސް އަދި ގޯސް މަގަކުން ނުދާކަމަށެވެ.




6 Responses
އެހެންވީމަ ނިމްޝާގެ މައްމަ އަދި ނޭގެ ދަރިން ތަރުބިއްޔަތު ކުރާކަށް ، ނިމްޝާ މައްމަ ތިދަސްކޮއްދިނީ އަދި ރަނގަޅު މަގެއްނޫ ! މުސްލިމު އަންހެނާ ޖެހޭނީ ޢަޢުރަ ނިވާކޮއްގެން އުޅެން! ބިރުވެތިވޭ އަދި ދުވަހެއް އެބައޮތް!
ރަނގަޅު މަގުން ހިނގާތީދޯ އަބަދު އެއްވައްތަރަކަށް ކަނޱައެއްހެން ތި ބުރިހަލުވަނީ މާރީތި ކަމަށް ހިތާ! އިތުރު ގޮތެއް ހަދަން ނޭގެނީތަ؟
Thimaa rangalhu magun dhaa meehekey bunumun ladhu ganejje rangalhu meehekey bunaairu tiktok thakugai oriaamun video post kureema evanee rangalhu meehakaa meehunnah thimaage bureege gunavan dhakaafa thibunee thi dhanee rangalhu magunney
Aan ekey
ތިޔަހެން ވީ އިރު ގޯސްމަގާ ނުބައިމަގު ވަކިކުރަން ނޭނގެނީ
.Mage gohe nuvaa ne
kuraa amal gos vany islah ge magun hingey nee fura thama thi maa ge aura nivaa ko gen koi fulhaa thi inee mi haaru ves in goiy