މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ ޕެއަރ ބަލިކޮށް ރާއްޖޭގެ އާމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާ މޮރީޝަސް އިންޓަނޭޝަނަލް ސީރީސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސީރީސްގައި ރާއްޖޭގެ ނަބީހާ އަދި ނަބާހާގެ ޕެއަރ ކުއާޓަރ ފައިނަލްގައި ނުކުމެފައިވަނީ މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ ދުނިޔޭގެ ރޭންކިންގގެ 70ވަނައިގައި އޮތް ޑަބަލްސް ޕެއަރ ޑޮހަ ހަނީ އަދި ހަދިއާ ހުސްނީގެ ޕެއަރއާއި ދެކޮޅަށެވެ.
މޮރީޝަސް އިންޓަނޭޝަނަލް ސީރީސްގެ އަންހެން ޑަބަލްސް ކުއާޓާރ ފައިނަލް ރާއްޖޭގެ ދެ ކުޅުންތެރިން ކާމިޔާބުކޮށްފައިވަނީ، ދެ ސެޓު އެއް ސެޓުންނެވެ. ދެން މިދެ ކުޅުންތެރިން ނިކުންނާނީ މުބާރާތުގެ ތިންވަނަ ސީޑް އެމެރިކާގެ ހޮވާޑް އަދި ޕައުލާގެ ޕެއަރއާއި ދެކޮޅަށެވެ.
މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސީރީސްގެ އަންހެން ޑަބަލްސް ކުއާޓާރ ފައިނަލުން ޖާގަ ހޯދީ ނީލާ ނަޖީބާއި، މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއަރ ވަނީ މޮރީޝަސްގެ ދެ ކުޅުންތެރިން އަތުން ދެ ސެޓް އެއްސެޓުން ބަލިވެ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ މިސްރުގެ ޑޮހަ ހަނީ އަދި ހަދިއާ ހުސްނީގެ ޕެއަރވަނީ، މި މުބާރާތާއި ހަމައަށް ކުޅުނު ހުރިހާ ބީޑަބްލިއުއެފްގެ މުބާރާތްތަކުގެ ޑަބަލްސް ފައިނަލްގައި ވާދަކޮށްފައެވެ. 8 މުބާރާތުގެ ތެރެއިން 7 މުބާރާތުގެ ޗެމްޕިއަންކަންވެސް މި ޕެއަރ ހޯދިއެވެ.





ހިޔާލު
ޢާޓިކަލް ކިޔާ ނިމުނު އިރުވެސް ކޮން ކުޅިވަރެއް ކަމެއް ނޭގުނު.