އަޔަރލެންޑުގެ ސިއްހީ ހިދުމަތްތަކަށް އަމާޒުކޮށް ސައިބަރ ހަމަލާއެއް

އަޔަރލެންޑުގެ ސިއްހީ ހިދުމަތްތަކަށް އަމާޒުކޮށް ދިން ސައިބަރ ހަމަލާއަކާއި ގުޅިގެން އެގައުމުގެ ސިއްހީ ހިދުމަތްތަކުގައި ބޭނުންކުރާ އައިޓީ އާލާތްތައް ވަގުތީގޮތުން ޝަޓްޑައުންކޮށް ހިދުމަތް މެދުކަނޑާލައިފިއެވެ.

އަޔަރލެންޑުގެ ހެލްތް ސާރވިސް އެކްސްކިއުޓިވް (އެޗްއެސްއީ) އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިދާރާގެ އައިޓީ ސިސްޓަމްތައް ނިއްވާލައި ސައިބަރ އެޓޭކުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުން އައްނަ ކަމަށެވެ.

ހެލްތް މިނިސްޓަރ ސްޓެފަން ޑޮނެލީ ވިދާޅުވީ މި ހަމަލާގެ ސަބަބުން ސިއްހީ އަދި ސޯސަލްކެއާރގެ ހިދުމަތްތަކަށް ބުރޫއަރައިފައިވާ ކަމަށެވެ. މިހެންނަމަވެސް އިމަރޖެންސީ ހިދުމަތްތައް ދެމުން ގެންދާ ކަމަށެވެ.

ޑަބްލިންގެ ރޮޓަންޑާ ހޮސްޕިޓަލުންވަނީ މިހާދިސާއާއި ގުޅިގެން އެންމެހާ އައުޓްޕޭޝަންޓުން ބެލުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނަމަވެސް މާބަޑު އަންހެނުންނަށް ހިދުމަތްދޭނެކަން ހާމަކޮށްފައި ވެއެވެ. މީގެއިތުރުން އަންހެނުންނަށް ހާއްސަ އެންމެހާ ކުލިނިކުތަކެއްވެސްވަނީ ބަންދުކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާނެ ދަތިތަކަށް މާފަށް އެދި ހެލްތް މިނިސްޓަރ ވިދާޅުވީ، އައިޓީ ސިސްޓަމްއާއި މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އައްނަ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ސައިބާރ އެޓޭކް އަމާޒުކޮށްފައިވަނީ ޕޭޝަންޓުގެ މައުލޫމާތު ހޯދުމަށެވެ. ނަމަވެސް މި ހަމަލާގެ ތަފްސީލް އަދި ކަމާބެހޭ ފަރާތްތަކުން ދީފައި ނުވާއިރު މުޅި ގައުމުގެ ސިއްހީ ނިޒާމަށް މިކަމުގެ އަސަރުވަނީ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ