ބީޓީއެސްގެ "ބަޓަރ" ތާރީހުގެ ތެރެއަށް!

ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް، "ބީޓީއެސް" އިން އެންމެ ފަހުން ރިލީޒްކުރި ލަވަ "ބަޓަރ"، ޔޫޓިއުބްގައި އެންމެ އަވަހަށް 10 މިލިއަން ވިއުސް ހޯދި ވީޑިއޯގެ މަޤާމު ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި މި ލަވަ ޔޫޓިއުބްގައި ރިލީޒްކުރިތާ އެންމެ 13 މިނެޓް ތެރޭގައި ދިހަ މިލިއަނަށްވުރެ ގިނަ ވިއުސް މި ލަވައަށް ލިބިފައިވެއެވެ.  މިއީ މިހާތަނަށް ޔޫޓިބްގެ ވީޑިއޯއަކަށް އެންމެ އަވަހަށް ދިހަ މިލިއަން ވިއުސް ލިބުނު ވީޑިއޯއެވެ.

ބީޓީއެސް ގެ އާ ލަވަ "ބަޓަރ" އަކީ އެއްކޮށް އިނގިރޭސި ބަހުން އެމީހުން ކިޔާފައިވާ ދެވަނަ ލަވައެވެ. މިގެ ކުރިން ނެރުނު "ޑައިނެމައިޓް" އަކީ މުޅި ލަވަ އެއްކޮށް އިނގިރޭސި ބަހުން ކިޔާ ބީޓީއެސް އިން ނެރުނު ފުރަތަމ ލަވައެވެ.

"ބަޓަރ" މި ލަވައަށް ޔޫޓިއުބްގައި  މިހާތަނަށް 146 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި 13 މިލިއަނަށްވުރެ ގިނަ ލައިކްސްވެސް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ