ދިވެހި ފިލްމީ އިންޑަސްޓްރީގައި މިހާރު ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ އެކްޓްރެސް، މަރިޔަމް ޝިފާ އޭނާގެ ދިގު އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ފަން، ދިގު، ރީތި އިސްތަށިގަނޑެއްގެ ގޮތުގައި އެންމެންވެސް ދެކޭ ޝިފާގެ އިސްތަށިގަނޑު މިހާރު އޮތީ ކުރުކޮށް ކޮށާލައިފައެވެ. ގާތްގަނޑަކަށް ޝިފާގެ ކޮނޑާހަމައަށް އިސްތަށިގަނޑު ކޮށާލައިފައިވާއިރު، މިއީ ޝިފާގެ މިފަދަ "ލުކް" އެއް ބެލުންތެރިންނަށް ފެނުނު ފުރަތަމަ ފަހަރުއެވެ.
ޝިފާ އެންމެ ފުރަތަމަ އާއްމުންގެ ތެރެއަށް މަޝްހޫރުވީ "ޓިކް ޓޮކް" އިންނެވެ. އޭރުވެސް ޝިފާގެ އިސްތަށިގަނޑު ދިގުކޮށް އޮންނައިރު، އޭނަގެ އިސްތަށިގަނޑު މިހާ ކުރުކޮށް ކޮށާލައިފައި މިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި ހާމައެއް ނުވެއެވެ.
ޝިފާގެ މި އާ ސްޓައިލް އެންމެ ފުރަތަމ ފެނުނީ އޭނާ ކުޅެފައިވާ ޓިކްޓޮކް ވީޑިއޯއަކުންނެވެ. އަދި އޭގެ ފަހުން އިންސްޓަގްރަމް ސްޓޯރީއިންވެސް އޭނަގެ މި ފެނިލުން ދައްކާލައިފައިވެއެވެ.
"ޓިކް ޓޮކް" އިން ލިބުނު ބޮޑު މަޝްހޫރުކަމަށްފަހު، އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ "ދެވަންސޫރަ"އެވެ. އަދި އޭގެ ފަހުން ފިލްމް "40 ޕްލަސް" އިން ބޮޑު މަޤްބޫލުކަމެއް ޝިފާ ހޯދިއެވެ.




14 Responses
Heevani faiy nolhaafa in kukulhakah hedhumeh lahvaafa hurihen thimaage faidhadi ekey mas baana dhohtekey ehvaru
Heevani faiy nolhaafa in kukulhakah hedhumeh lahvaafa hurihen thimaage faidhadi ekey mas banana dhohtekey ehvaru
ދެން އަހަރުންނަށް ކޮން ބަލާއެއް!
އިސްތަށިގަނޑު އެކަންޏެއް ނޫނެއްނު ކުރުކޮށްލީ އޮރިޔާން ފެންނަގޮތަށް ހެދުންވެސް ކުރުކޮށްލީ ހިތުން ވަރަށްރީތި މިކަހަލަ ޚަބަރު ގެނެސްދިނުމަކީވެސް ރަނގަޅުކަމެއްނޫން
ޝިފާ ހާދަ ރީއްޗޭ މިހާރު
ނިއުޒް ގެ ހެޑްޅައިން އައް މާރީތިވީސް ”ޝިފާގެ ސިފަ ބަދަޅު ކޮއްޅައިފި“ މިހެން ޖެހިނަމަ.
މީ ޙަބަރަކަށް ވާކަހަލަ ޙަބަރެއްތަ؟ ޝޯޝަލް މީޑިޔާގަ ބުރި ތެޅުވުނީމަ މިމީހުންނަށް ނިމުނީ!!
ތީ ދެން ޙަބަރަކަށް ވާ ކަހަލަ ޙަބަރެއްތަ؟ ޝޯޝަލް މީޑިޔާގަ ބުރި ތެޅުވުނީމަ ނިމުނީ މިމީހުނަށް!!
ފެށުމަށް ސަލާމަށް ދަންނަވަމެވެ.
ތިކުރަނީ އިސްލާމް ދީން އަށް މަލާމާތެވެ.
ޢަންހެނަކު އޮރިޔާން ވުމުން
ޢެކަން އިސްތިހާރު ނުުކުރާށެވެ.
ތިބާ އަށް ވެސް ތިކަމުގައި ގެއްލުމާއި ހަލާކު ލިބޭނެވެ. ތީ މުޑުދާރު އަންހެނެއް ތީ އިސްލާމީ އުއްމަތް ހަލާކު ކުރަމުންދާ
ބައެއް.އެފަދަ އަންހެނުންނަށް ހެޔޮ ވިސްނުން ދެއްވާށި
މީ ދެން ކާކު ބޭނުންވާނެ ހަބަރެއް. އަހަރުންނައް ކީއް
ޝިފާގެ ލޯބި ފައިކޮޅު ފެންނާނެހެން ހެދުން ކުރުކޮށްފި.
ތިޔަ މީހުންނަށް އަމިއްލަ އޮރިޔާން ނިވާކުރާކަށްވެސް ނޭނގޭ.ދީނުގެ ކަންފުޅެއްވެސް ނެތީ.
ތީހަމަ މީހުން މަގުފުރެއް ދުމުގައި އަވަދި ނެތި އުޅޭމީހުން
އުކުނު އަޅައިގެން
ނިއުޒް ގެ ހެޑްޅައިން އަށް މާރީތިވީސް ”ޝިފާގެ ސިފަ މުޅިން ބަދަޅު ކޮއްޅައިފި“ ޖެހިނަމަ. އޭރުން ތިގެނައި ބަދަޅެއް މާ ޝައުގުވެރި ކަމާއެކު ބަޅާނެ ކަންނޭންގެ. މީދެން ކިހާ ބޮޑުވެއްޖެ ކަމެއް.. ނިއުޒް ޅިޔާމީހުން ވެސް މަށައް ހީވަނީ މިހާރު ތިކަމުން އިސްތިއުފާ ދޭންވެއްޖެ ހެން..