މިއާމީ ސިޓީގެ ކޮންސެޓަކަށް ދިން ބަޑީގެ ހަމާލާތަކުގައި 2 މީހަކު މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.
މި ހަމަލާތައް ފަށައިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދަމު އެ ކޮންސެޓްގެ ބޭރުގައި ހުންނަ ބޮޑު ޝޮޕިން މޯލެއްގެ ބެންކަޓް ހޯލެއްގެ ތެރެއިންކަމަށް މިއާމީގެ ފުލުހުން މައުލޫމާތުދެއެވެ.
މިއާމީގެ އޮތޯރިޓީތަކުން ބުނިގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އެތަނަށް ދިން އެންމެ ބޮޑު ބަޑީގެ ހަމަލާއެވެ.
އެ ދުވަހު އެ ބެންކުއެޓް ހޯލު ކުއްޔަށް ދޫކޮށްފައިވަނީ ކޮންސެޓެއް ބޭއްވުމަށެވެ. ފުލުހުން ބުނީ، ހަތިޔާރު ހިފައިގެން ހުރި ތިންމީހަކު ކާރަކުން ފުއްމާލާ އެތަނުގައި އެއްވެފައިވާ މީހުންގެ ގަޔަށް އަތު ބަޑިންނާއި ރައިފަލް އިން ބަޑި ޖަހަން ފެށިކަމަށެވެ.
މި ހަމަލާގައި 2 މީހަކު މަރުވެފައިވާއިރު، ޒަހަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.




