ޓިކް-ޓޮކެއް ކުޅެން އުޅެނިކޮށް ކުއްޖަކު ފިހިއްޖެ

އޮރެގަން ސިޓީއަށް ނިސްބަތްވާ 13 އަހަރުގެ އަންހެން ކުއްޖަކު، ޓިކޮޓޮކް ޗެލެންޖެއް ހަދަން އުޅެނިކޮށް އަމިއްލަ ހަށިގަނޑު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ޑެސްޓިނި ކްރޭން ނަމަކަށް ކިޔާ މި ކުޑަކުއްޖާގެ އާއިލާއިން ބުނީ، އޭނާ އުޅުނީ ޓިކް-ޓޮކް ގައި ދައުރުވާ ޗެލެންޖެއް ހަމަ އެގޮތަށް ކުޅެ ވީޑިއޯ ކުރުމަށް ކަމަށެވެ. އެގޮތުން ހުޅު ހިފާ ޒާތުގެ ދިޔާ އެއްޗެހި ބޭނުންކޮށްގެން ލޯގަނޑެއްގައި ބައްޓަމެއް ކުރުމަށްފަހު އެގައި ލައިޓަރުން އަޅާ ރޯކޮށްލާ މަންޒަރު ފެންނަގޮތަށް މީހަކު ކުޅެފައިވާ ވީޑިއޯއެއް ބަލައިގެން އެ ކުއްޖާ އެ ވީޑިއޯ ކުޅެން އުޅުނީ ކަމަށް އާއިލާއިން ބުންޏެވެ.

އެގޮތުން މި ޗެލެންޖް ވީޑިއޯ ކުޅުމަށް ޑެސްޓިން ވަނީ އުއްބަތިއަކާއި، ލައިޓަރެއް އަދި އަލްކޮހޮލް ބޭނުންކޮށްފައެވެ.

ޑެސްޓިންގެ މަންމަ ބުނީ، އެނާ މަންމާއޭ ކިޔާ ހަޅޭއްލަވައި ގަތުމުން ފާހާނާއަށްގޮސް ބެލިއިރު، ޑެސްޓިންގެ ގައިގަޔާއި މުޅި ފާހަނަ ތެރޭގައި ވަނީ އަލިފާން ރޯވެފައިކަމަށެވެ.

އެވަގުތުން ޑެސްޓިންގެ އަތުގައި ހިފާ ފާހަނަތެރެއިން އޭނަގެ މަންމަ ނެރުނު އިރު، އަވައްޓެރިއަކު ފުލުހުންނަށްވެސް އެވަގުތު ގުޅި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

ޑެސްޓިންއަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާއިރު، އޭނާއަށް އަދިވެސް ހޮސްޕިޓަލުގައި ދަނި ފަރުވާދެމުންނެވެ.

މި ހާދިސާއާއި ގުޅިގެން ޑެސްޓިންގެ މަންމަ ވަނީ، ކުޑަކުދިން ބެލުމުގައި އިތުރަށް ސަމާލުވުމަށް އެހެން އާއިލާތަކަށް ނަސޭހަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
21116
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ