މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން"ގެ ތަރި ކްލޯއީ ކާޑޭޝިއަން، ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުތެރޭގައި ކައިވެނި ކުރަން ބޭނުންވާކަން ހާމަކޮށްފިއެވެ.
ކްލޯއީ މިކަން ހާމަކޮށްފައިވަނީ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން"ގެ ކުރިއަށް އޮތް އެޕިސޯޑްގެ ޓްރެއިލާ ކޮޅެއްގެ ތެރެއިން، އޭނާގެ ހަޔާތުގައި ކުރިއަށް އޮތް 20 އަހަރުތެރޭގައި އެންމެ ދެކެން ބޭނުންވަނީ ކޮން ކަމެއްތޯ ކިމް ކާޑޭޝިއަން ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.
ކިމްގެ މި ސުވާލަށް ޖަވާބު ދެމުން ކޮލޯއީ ބުނެފައިވަނީ އަލުން ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އަދި 2040 ވަނަ އަހަރު އައުމުގެ ކުރިން އިތުރު ކުއްޖަކު ހޯދަން ބޭނުންވާކަމަށެވެ.
2009 ވަނަ އަހަރު ލަމާ އޯޑަމްއާއި ކިމް ކައިވެނިކޮށްފައިވެއެވެ. ނަމަވެސް 2016 ވަނަ އަހަރު މި ދެމީހުން ވަނީ ވަކިވެފައެވެ. އޭގެ ފަހުން ޓްރިސްޓަން ތޮމްޕްސަން އާއި ލޯބީގެ ގޮތުން ގުޅުމަށްފަހު 2018 ވަނަ އަހަރު މި ދެމީހުންގެ ލޯބީގެ ގުޅުމަށް ހީނަރުކަމެއް އައުމަށްފަހު އަލުން ގުޅިފައިވެއެވެ.




