އަނިޔާވެރި ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމިއްޖެ

އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކޮށް، އިސްރާއިލުން އާ ސަރުކާރެއް އެކުލަވާލައިފިއެވެ.

ނަތަންޔާހޫގެ 12 އަހަރުވީ އަނިޔާވެރި ވެރިކަން ނިމުމަކަށް އައިސްފައި މިވަނީ، މިދިޔަ އާދިއްތަ ދުވަހު  އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓުގައި އާ ސަރުކާރެއް އެކުލަވާލުމަށް ކޯލިޝަން ޕާޓީއަށް އެންމެ ގިނަ ވޯޓު ލިބި، ކޯލިޝަން ޕާޓީން އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.

ސިޔާސީ ލީޑަރު ލެޕިޑް ކޯލިޝަން ސަރުކާރު އެކުލަވާލުމަށް އެއްބަސްވެފައިވަނީ، އަލްޓްރާ-ނޭޝަނަލިސްޓް ލީޑަރ ނަފްތާލީ ބެނެޓްއާއެކުއެވެ.

ކޯލިޝަން ސަރުކާރު އެކުލަވާލުމާއެކު، ކޯލިޝަން ސަރުކާރުގައި ލެފިޑް އާއި ނަފްތާލީ ބޮޑުވަޒީރުކަން ކުރާނީ، ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރާނީ ނަފްތާލީ ބެނެޓް އެވެ.

ބޮޑުވަޒީރުކަމަށް ނަފްތާލީ އިންތިހާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުން ކޯލިޝަން ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓު ދިނީ 60 މެންބަރުންނެވެ. އަދި އެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓު ދީފައިވެއެވެ.

71 އަހަރުގެ ނަތަންޔާހޫގެ 12 އަހަރުވީ އަނިޔާވެރި ވެރިކަން ނިމުމަކަށް އައިއިރު، އޭނާ އަކީ އިސްރާއިލްގެ ބޮޑު ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރި މީހާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ