އަލަށް އައިރިޝް ގައި ހުށަހެޅުނު ގާނޫނީ އިސްލާހާއެއްގައި ކޯޓު އަމުރުގެ ދަށުން ފާސްކުރާ ފާސްކުރުންތަކުގައި ތުހުމަތުކުރެވޭ ފަރާތުގެ އިލެކްޓްރޯނިކްސް ތަކެތީގެ ޕާސްވޯޑު ފުލުހުންނަށް ދޭންޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.
މި ބަދަލަކީ އައިރިޝްގެ ފުލުހުންގެ ގާނޫނަށް ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި އިސްލާހެކެވެ. ބަދަލާއެކު މި ބިލް ޖަސްޓިސް މިނިސްޓްރީގެ ފަރާތުން މިއަދުވަނީ އާންމު ކޮށްފައެވެ. މިއާއެކު އައިރިޝް ފުލުހުން ކޯޓު އަމުރުގެ ދަށުން ބަލާ ފާސްކުރާ ތަންތަނުގެ ރިކޯޑެއް ދަމަހައްޓަން ޖެހެއެވެ. މީގެ ބޭނުމަކީ ލިބިދީފައިވާ ބާރުގެ ބޭނުން ހިފަނީ އެންމެ ރަނގަޅު ގޮތުގައިތޯ ބެލުން ކަމަށް ޖަސްޓިސް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
ގާނޫނަށް ގެއްނަން ހުށަހެޅި އިސްލާހުގެ ދަށުން ފުލުހުންނަށް މިފަދަ ބޮޑު ބާރެއް ދީފައިވީނަމަވެސް ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތަކުގައި ހާއްސަ ގޮތްތަކެއް ކަނޑައެޅުމަށްވަނީ ނިންމައިފައެވެ.
މިބިލުގައިވާގޮތުން ކުއްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭ މުއްދަތުވެސް އިތުރުކުރަންވަނީ ހުށަހަޅައިފައެވެ. މިގޮތުން 48 ގަޑިއިރަށް މި މުއްދަތު އިތުރުކުރުމަށް ބިލުގައި ލިޔެފައި ވެއެވެ.
މީގެއިތުރުން އިންސާނީ ވަގުވިޔަފާރީގެ ކުއްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ހަފްތާއަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބުމަށްވެސް ބިލުގައި އެދިފައި ވެއެވެ.



