އެމެރިކާގެ ކޭބަލް ޗެނަލް އެއްކަމުގައިވާ "ލައިފްޓައިމް" ޗެނަލް އިން، ޕްރިންސް ހެރީ އާއި މޭގަން މާކަލް ހަޔާތަށް ބިނާކޮށް ގެނެސްދޭ ތިން ވަނަ ފިލްމްގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.
މީގެ ކުރިން އެ ޗަނަލް އިން ވަނީ "ހެރީ އެންޑް މޭގަން" ގެ ނަމުގައި ދެ ފިލްމެއް ގެނެސްދީފައެވެ. އެއީ "ހެރީ އެންޑް މޭގަން: ރޯޔަލް ރޮމޭންސް"، އަދި "ހެރީ އެންޑް މޭގަން: ބިކަމިން ރޯޔަލް" އެވެ.
މިފަހަރުގެ ފިލްމްގެ ނަމަކީ، "ހެރީ އެންޑް މޭގަން: އެސްކޭޕިން ދަ ޕެލެސް" އެވެ. މި ފިލްމްގައި ދައްކުވައިދޭނީ، ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާ ޒިންމާތަކުން އެކަހެރިވެ، ވަކިން އަމިއްލަ ދިރިއުޅުމެއް ފެށި ގޮތެވެ.
ފިލްމްގެ ޓްރެއިލާއިންވެސް މި މަންޒަރުތައް ފެނިގެންދާއިރު، ހެރީ އާއި މޭގަން ޝާހީ އާއިލާގެ ގިނަ ސިއްރުތަކެއް ފަޅާއަރުވާލާ، އޮޕްރާ ވިންފްރީ އަށް ދިން އިންޓަވިއުގެ މަންޒަރުވެސް ޓްރެއިލާއިން ފެނުނެވެ.
ކުރިން ނެރުނު ދެ ފިލްމްގެ ތެރެއިން، ފުރަތަމަ ނެރުނު ފިލްމަކީ، މޭގަން އާއި ޕްރިންސް ހެރީ ކައިވެނި ކުރުމުގެ ކުރިން، އެދެމީހުންގެ ލޯބީގެ ގުޅުން ފެށުނު ގޮތް ކިޔައިދޭ ފިލްމެވެ. އަދި ދެވަނަ ފިލްމަކީ، ޝާހީ އާއިލާއާއި ގުޅުމަށްފަހު ދެމީހުންގެ ދިރިއުޅުން ދައްކައިދިން ފިލްމެކެވެ.
Not all fairytales have the perfect ending...catch a sneak peek of the upcoming Lifetime Original Movie Harry & Meghan: #EscapingthePalace ❤ pic.twitter.com/0LLznj9Qko
— Lifetime (@lifetimetv) June 22, 2021



