ހޮލީވުޑްގެ އެންމެ މޮޅު އެއް ފިލްމް އުފެއްދުންތެރިޔާ , ކުއެންޓިން ޓެރަންޓީނޯ ދެން އުފައްދާ ފިލްމަށްފަހު ފިލްމީ މަސައްކަތުން ރިޓަޔާ ވާނެ ކަމަށް ބުނެފިއެވެ.
2019 ވަނަ އަހަރު ނުކުތް ޓެރަންޓީނޯގެ ނުވަ ވަނަ ފިލްމް، "ވަންސް އަޕޮއަނަ ޓައިމް އިން ހޮލީވުޑް" ބޮޑު ހިޓަކަށް ވެގެންގޮސްފައިވާއިރު، މި ފިލްމް ވަނީ އޮސްކާ 10 އެސްކާ އެވޯޑަށް ނޮމިނޭޓްވެ ދެ އެވޯޑްވެސް އޮސްކާ ހާސިލުކޮށްފައެވެ.
ކުރިއަށް އޮތް ފިލްމަށްފަހު ޓެރަންޓީނޯ ރިޓަޔާވާކަން ދާދިފަހަކުން ދިން އިންޓަވިއުއެއްގައި ހާމަކުރި އިރު، މިއީ އޭނަގެ ރިޓަޔާމެންޓް މިގޮތަށް އިއުލާންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އިންޓަވިއުތަކުގައި، 10 ފިލްމް އުފެއްދުމަށްފަހު ރިޓަޔާވާނެކަމަށް އޭނާ އައި ބުނަމުންނެވެ.
ޓެރަންޓީނޯ ބުނީ، 30 އަހަރުވަންދެން ފިލްމް އުފެއްދުމުގައި އުޅެވުމަކީ، ވަރަށް ދިގު ކެރިއަރެއް ކަމަށެވެ.
ޓެރަންޓީނޯގެ ފަހު ފިލްމަކީ ކޮން ފިލްމެއްކަން އަދި ހާމަނުކުރިނަމަވެސް، 1992 ވަނަ އަހަރު ނެރުނު އޭނަގެ ފިލްމް، "ރެސަވިއާ ޑޯގްސް" ގެ ރީމޭކެއް ނުވަތަ ސީކުއަލް އުފައްދަން ގަސްކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުއެންޓިން ޓެރެންޓީނޯގެ ފިލްމުތަކަކީ އަނިޔާވެރިކަމާއި ލޭ އޮހޮރުވުންތަކުގެ މަންޒަރުތައް އެންމެ ފުރިހަމައަށް ދައްކުވައިދޭ ފިލްމުތައް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.




