އެމްބަރ ހެޑް، މަންމައަކަށް ވެއްޖެ!

"އެކުއަމޭން" ގެ އެކްޓްރެސް އެމްބަރ ހެޑް މަންމައަކަށް ވެއްޖެކަން އޭނާ އިއުލާންކޮށްފިއެވެ. އެމްބަރ ހެޑްގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށެވެ.

ސަރަގޭޓް މަންމައެއް މެދުވެރިކޮށް  އެމްބަރ ހެޑްއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެމްބަރ މި ހަބަރު އިއުލާންކުރީ މީގެ ދެ ދުވަސްކުރިންނެވެ.

މި ވާހަކަ މީސްމީޑީއާގައި ހިއްސާކޮށް އެމްބަރ ހެޑް ބުނީ، އޭނަގެ އަންހެން ދަރިފުޅު ވިހައިފައިވަނީ މި އަހަރުގެ އޭޕްރީލް 8 ގައި ކަމަށެވެ. ދަރިފުޅަށް ދީފައިވާ ނަމަކީ، އޫނާ  ޕެއިޖް ހާޑްއެވެ.

އެމްބަރ ބުނީ، ދަރިއަކު ހޯދާފައި މިވަނީ އޭނަގެ އަމިއްލަ އިހްތިޔާރާއެކު ކަމަށެވެ.

މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި، އެމްބަރ ވަނީ ދަރިފުޅު މޭމަތީ ބާއްވައިގެން އޮވެ ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފައެވެ.

އެމްބަރ ހެޑް ދަރިއަކު ހޯދައިފައި މިވަނީ، އޭނަގެ ކުރީގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އާއި 2015 ގައި ކައިވެނިކޮށް  2017ވަނަ އަހަރު މި ގުޅުން ނިމިފައިވަނިކޮށެވެ. އަދި މި ދެމީހުންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި، ކޯޓާއި ހަމައަށްގޮސް، އަހަރުތަކަކަށްފަހު އެ މައްސަލަގަނޑު ނިމިފައި ވަނިކޮށެވެ.

އެގޮތުން 2016 ވަނަ އަހަރު ޖޯނީ ޑެޕް ކައިރިން ވަރިވުމަށްފަހު، ގެވެށި އަނިޔާކުރިކަމަށް ބުނެ އެމްބަރ ހެޑް ވަނީ،  ޖޯނީއާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައެވެ. އަދި މީގެ އިތުރުން،  އެމްބަރ ހެޑްއަށް އަނިޔާކުރިކަމަށް ބުނެ، ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ޖޯނީ ޑެޕްވެސް ދައުވާ ކުރިނަމަވެސް، އެ ކޭސްވަނީ އޭނައަށް ނާކާމިޔާބުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ