ކީރިތި ރަސޫލާގެ ކާޓޫން ކުރެހި ކާޓް ވެސްޓްގާޑް މަރުވެއްޖެ

ކީރިތި ރަސޫލާ މުހައްމަދު صلّى اللّـه عليه وسلّم ގެ ކާޓޫންތަކެއް ކުރެހި ޑެންމާކްގެ ކުރެހުންތެރިޔާ ކާޓް ވެސްޓްގާޑް މަރުވެއްޖެއެވެ.

އުމުރުން 86 އަހަރުގައި އޭނާ މަރުވެފައިވަނީ ގިނަ ދުވަސްވީ ބައްޔެއް ތަހައްމަލުކުރަމުން ދަނިކޮށް ކަމަށް އޭނަގެ އާއިލާއިން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

2005 ވަނަ އަހަރު ޑެނިޝްގެ ނޫހަކުން ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ކާޓޫންތަކެއް އާއްމުކޮށްފައިވާއިރު، އެނޫހުގެ އެޑިޓަރަކީވެސް އަދި ކާޓޫންތައް ވެސް ކުރަހައިފައިވަނީ ކާޓް ވެސްޓްގާޑް އެވެ.

މި މައްސަލައިގައި ދުނިޔޭގެ މުސްލިމް ގައުމުތަކުން ރުޅިގަދަވިއިރު، ކާޓް ވެސްޓްގާޑް މަރާލަން ވަރަށް ގިނަ ހަމަލާތައްވެސް ވަނީ ދީފައެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މި ނޫހާއި ދެކޮޅަށް އެދުވަސްވަރު ވަރަށް ބޮޑެތި މުޒާހަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ސޫރަ ކަމަށް ބުނެ ކުރެހުންތައް ކުރެހުމަކީ އިސްލާމްދީނުގެ އާދަކާދަތަކާއި ހިލާފު، އަދި ބޮޑުވެގެންވާ ފާފައެކެވެ.

މުސްލިމް ނޫން ބައެއް މީހުން ގެންދަނީ އަދިވެސް ރަސޫލާއަށް ފުރައްސާކޮށް ކާޓޫން ކުރަހަމުންނެވެ.

މިލިޔުން ކިޔާލުމުން
3331213
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ