މިދިޔަ ބުދަ ދުވަހު ނިއު އޮރްލީންސްގެ އަވަށެއްގައި އުންނަ ބޮޑު މެންޝަނެއްގައި ރޯވިއިރު، އެ މެންޝަންއަކީ ނިއު އޮރލީންސްގައި ހުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި އޭނަގެ ފިރިމީހާ ޖޭޒީގެ ގެ ކަމަށް ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
3 މިލިއަން ޑޯލަރުގެ މި އަގު ބޮޑު މެންޝަންގައި ރޯވެފައިވާ ކަމަށް ނިއު އޮރްްލީންސްގެ ޕޮލިސް ޑީޕާޓްމެންޓް އިން ވަނީ މިދިޔަ ހުކުރު ދުވަހު ޔަޤީންކޮށްދީފައެވެ. އަދި މިކަން ބަލަމުންދަނީ ގޭގައި ރޯކޮށްލައިފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށް އެ ސިޓީގެ ޕޮލިސް ޑީޕާޓްމެންޓް އިން ބުންޏެވެ.
އަލިފާން ރޯވި މި ބޮޑު ގޭގައި މީހުން ނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި އަލިފާންގަނޑު ނިއްވާލުމަށް 22 މީހުން ހަރަކާތްތެރިވިކަމަށް ފަޔާ ޑީޕާޓްމެންޓް އިން ބުނެފައިވެއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭ އަލިފާންގަނޑޫ ނިއްވާލެވުނުއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އެ ޑިޕާޓްމެންޓް އިން މައުލޫމާތު ދީފައިވެއެވެ.
UPDATE: NOPD confirms the fire at the home reportedly owned by Beyoncé and Jay-Z is being investigated as simple arson. PD received tip about suspicious person around the same time/ area as fire. @WGNOtv pic.twitter.com/3P4ThP4LeV
— Chris Welty (@Chris_R_Welty) July 22, 2021
1925 ވަނަ އަހަރު ބިނާ ކުރެވުނު 3 ބުރީގެ މި އިމާރާތަކީ ފުރަތަމަ ޗާޗެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަތަނެކެވެ. ފަހުން މި މެންޝަން ބެލެޓް ހައުސް އެއްގެ ގޮތުގައި ބޭނުން ކުރެވުނުއިރު، ފަހުން ވަނީ ލަގްޒަރީ ގެއަކަށް ބަދަލުކޮށްފައެވެ. އަދި މިތަނަކީ މިހާރު ބިޔޯންސޭ އާއި ޖޭޒީގެ މިލްކިއްޔާތުގައި ވާ ތަނެކެވެެ.
އަލިފާނުގެ ހާދިސާގައި އިމާރާތައް ލިބިފައިވާ ގެއްލުމުގެ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.




