ޖާދުގެ މިނިވަން ދުވަހުގެ ހާއްސަ ލަވަ ވަރަށް ހިތްގައިމު!

100 އަށް ވުރެ ގިނަ ދިވެހި ފަންނާނުންނާއި މަސައްކަތްތެރިން ހިމަނައިގެން ރާއްޖޭގެ މަޝްހޫރު ކޮރިއޯގްރާފާ އަދި ޕްރޮޑިއުސަރ ޖާދުﷲ އުފެއްދި މިނިވަންދުވަހުގެ ހާއްސަ ލަވަ ނެރެފިއެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު މުނާސަބަތުގައި ޖާދު އުފެއްދި މި ލަވަ، ބެލުންތެރިންނަށް ދައްކާލައިފައިވާއިރު، މި ލަވައިގެ ނަމަކީ 'ގަލަމުންވެ ސޫރަ ރަންދެލީ' އެވެ. ޖާދު ބުނި ގޮތުގައި، ދުވަސްތަކަކަށްފަހު ކުރެވުނު މަސައްކަތް އެންމެ ފުރިހަމަގޮތުގައި ނިއްމާލެވުނީ ގައުމު ދެކެ ލޯބިވާ ދިވެހި ދަރިންގެ އެއްބާރުލުމާއެކުއެވެ.

މިނިވަންދުވަހާއި ގުޅުވައިގެން ޖާދު މީގެ ކުރިންވެސް ލަވަތައް ނެރިފައިވާއިރު، މި ލަވައަކީ މިނިވަންދުވަހަށް ހާއްސަކޮށްގެން ހުށަހަޅައިދޭ ފަސް ވަނަ ލަވައެވެ. 100 އަށް ވުރެ ބައިވެރިން ފެނިގެންދާ މި ލަވައިގައި ހަރަކާތްތެރިވަނީ ހަމައެކަނި ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންނެއް ނޫނެވެ.

މިނިވަންދުވަހާއި ގުޅުވައިގެން ޖާދު ނެރުނު އެހެން ލަވަތަކާއި ހިލާފަށް، މި ލަވައިގައި މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މީގެ ކުރިން އެފަދަ މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން މަޝްހޫރު ފަންނާނުންނާއި، ކުންފުނިތަކުގެ މުވައްޒަފުން ފެނިގެންދެއެވެ.

ލަވައިން ފެނިގެންދިޔަ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި، ނިއުމާ މުހައްމަދު، ޝީލާ ނަޖީބް، މުހައްމަދު މަނިކް، ޖާބިރާއި އޭނާގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައިދުގެ އިތުރުން ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އާއި އަދިވެސް އިތުރު މަޝްހޫރު ފަރާތްތައް ހިމެނެއެވެ.

މި ލަވަ ރިލީޒްކޮށްފައިވަނީ ޕީއެސްއެމް އިން މިއަދު ގެނެސްދިން މިނިވަން ދުވަހުގެ ހާއްސަ ޓެލެތޯނުގައެވެ. ޖާދުގެ ފޭސްބުކް އެކައުންޓުގައިވެސް މި ލަވަ ހިއްސާކޮށްފައިވާއިރު، ލަވައިގައި ހަރަކާތްތެރިވި މީހުންނާއި ޓެކްނިކަލް ޓީމަށް ޖާދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
6613
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސިޔާޙު

    ދިވެހި ވެބްސައިޓް ތަކުގަ ވީޑިއޯ އެއްގެ ވާހަކަ ދައްކާއިރު، އެ ވީޑިއޯ އަށް ޔޫޓިއުބް ނުބަތަ އެހެންވެސް މީސްމީޑިއާއަކުން އެ ވީޑިއޯ ބަލާލެވޭ ލިންކެއް ލެވޭ ގޮތަށް ނުހުންނަނީތަ؟

    11
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ