ރާއްޖޭގެ މަޝްހޫރު ބަތަލާ އާމިރާ އިސްމާއީލްއަކީ ދިވެހިން ދަންނަ މަޤްބޫލު މޫނެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އާމިރާ އެނބުރި އައީ އިހަކަށްދުވަހުއެވެ. މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއް ވާހަކައަކީ، އޮންއެއާގައި މީހަކު އާމިރާ ކައިރިން ރައްޓެހިވާން ޕްރޮޕޯސަލް ހުށަހެޅި ވާހަކައެވެ.
މިއީ ޓީވީއެމްއިން އީދު ދުވަހާއި ގުޅުވައިގެން ގެނެސްދިން ލަވަ ޕްރޮގްރާމެއްގެ ތެރެއިން ހިނގާ ދިޔަ ކަމެކެވެ. ނަމްޒާ ހުށަހަޅައިދިން މި ޕްރޮގްރާމްގައި ގެސްޓެެއްގެ ގޮތުގައި އާމިރާ ބައިވެރިވިއިރު، މި ޕްރޮގްރާމަކީ މީހުންނަށް ގުޅައިގެން ލަވައަށް ރިކިއެސްޓް ކުރެވޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މީސްމީޑިއާގައި މި ޕްރޮގްރާމްގެ ވީޑިއޯއެއް މިހާރު ދައުރުވަމުން އަންނައިރު، މި ވީޑިއޯ ފެށެނީ ޕްރޮގްރާމްގެ ހޯސްޓް، ނަމްޒާ މީހަކަށް ގުޅާތަނުންނެވެ. މުހައްމަދު ނަމަކަށް ކިޔާ މި މީހާގެ އަޑު ޖެހުމާއެކު، އާމިރާ އަނގަމަތީގައި އަތް އަޅާ ހޭން ފަށައެވެ. އެހެންކަމުން އެއީ ކާކުކަން އާމިރާއަށް އެނގޭކަހަލައެވެ.
ވާހަކަ ކުރިއަށް ގެންދަމުން، އާމިރާ އާ ކުރާނެ ވަކި ހާއްސަ ސުވާލެއް އެބަ އޮތްތޯ ނަމްޒާ އޭނަ ކައިރީ އަހައެވެ. އެ ސުވާލު ކުރުމުން ފޯނު ކޯލުން ވާހަކަ ދެއްކި މުހައްމަދު ބުނީ، "އާމިރާ ކައިރީގައި އަހާލަން ބޭނުންވަނީ އޮން އެއާކޮށް ކުއްޖަކު ރައްޓެހިވާން އަހައިފިއްޔާ ކީކޭތޯ ބުނާނީ؟" އެވެ.
އެ ސުވާލު ކުރުމުން އާމިރާ މޫނު މަތީ އަތްއަޅާ ހޭން ފަށާއިރު، އޭނާ ހުރީ ވަރަށް ލަދުންހެން ހީވާކަހަލައެވެ. އެ ސުވާލު ކުރުމުން އާމިރާ ދިން ޖަވާބަކީ، "ކޮންމެ ކޮންމެ ކުއްޖަކު އަހައިގެން ނުބުނެވިދާނެ، އެކަމަކު ތި ކާކުކަން އާމީއަށް އެބަ އެނގޭ، އެހެންވެއްޖެއްޔާމުން އާނއެކޭ ބުނެވިދާނެ"، މިހެންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން، އޮންއެއާގައި އާމިރާ ކައިރީ އެ މީހާ ރައްޓެހިވާން އެހުމުން އާމިރާ ދިން ޖަވާބަކީ، "ޔެސް" އެވެ. އަދި ނަމްޒާ ވަނީ އާމިރާއަށް މަރުހަބާވެސް ކިޔައިފައެވެ.
މިއީ ރާއްޖޭގެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި، އޮންއެއާގައި މިފަދަ ގޮތަކަށް ރައްޓެހިވާން އަހާ، އަދި އާބަސް ބުނި ފުރަތަމަ ފަހަރަށްވެސް ވެދާނެއެވެ. ނަމަވެސް މީސްމީޑިއާގައި ގިނަ ބަޔަކު ބުނަމުން އަންނަނީ މިއީ މާކުރިން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
ބަތަލާ އާމިރާ އަކީ ކުރީގެ އެންމެ މަޝްހޫރު އެއް ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ކާމިޔާބު އެތައް ފިލްމްތަކަކާއި، ލަވަތަކުން ފެނިފައިވާއިރު، ބޮޑު "ބްރޭކަކަށް" ފަހު އާމިރާ މިހާރު ވަނީ ފިލްމީ ދާއިރާއަށް އެނބުރި އައިސްފައެވެ.





ހިޔާލު
A year go she got married an old man. What happend to there relationship.