ބާރުގަދަ ބިންހެލުމަކާއިއެކު އެމެރިކާގެ އެލަސްކާއަށް ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ނެރެފިއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިންޒާރު ނެރެފައިވަނީ ރެކްޓާ މިންގަނޑުން 8.2 ގެ ބާރު މިނުގައި އައި ބިންހެލުމާއެކުއެވެ. ބިންހެލުން އައިސްފައި ވަނީ އަލަސްކާ ކައިރިން ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ.
މިއީ ބާރުގަދަ ބިންހެލުމެއް ކަމުގައިވިޔަސް މާބޮޑު ގެއްލުންތަކެއް ލިބިފައިނުވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ޕެންސިލްވޭނިއާގެ އައްސޭރިފަށުގެ އިތުރުން އެމެރިކާގެ ހަވާއީއަށާއި އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމްއަށް ވެސް ނެރެފައެވެ.




