"މަނިކޭ މަގޭ ހިތޭ" މި ލަވައަކީ މިހާރު ގިނަ ދިވެހިންގެ ސަމާލުކަން ލިބިފައިވާ ލަވައެކެވެ. ލަވައިގެ ރާގާއި އަޑު ހުންނަ ގޮތުން މި ދިވެހި ލަވައަކާއި ވަައްތަރުވާން އުޅޭއިރު، މި ލަވައިން އެންމެ ބޮޑޫ މަޤުބޫލުކެމެއް ހޯދީ މި ލަވަ ކީ އަންހެން އާޓިސްޓެވެ. ސިންހަޅަ ލަވައެއް ކަމުގައިވާ "މަނިކޭ މަގޭ ހިތޭ" ކިޔައިގެން މަޝްހޫރުވެގެން އުޅެނީ ސްރީ ލަންކާ ލަވަކިޔުންތެރިޔާ ޔޯހާނީއެވެ.
މި ލަވައަކީ މިއަހަރުގެ މެއި މަހުގައި ނެރުނު ލަވައެކެވެ. އަދި ޔޯހާނީ ކިޔައިފައި ވަނީ މި ލަވައިގެން ކަވާ އެކެވެ. ނަމަވެސް ދުނިޔޭގެ ސަމާލުކަން މި ލަވައަކަށް ބޮޑަށް ލިބުނީ ޔޯހާނީގެ ކަވާ ވާޝަނުންނެވެ. މި ލަވައަށް ލިބުނު ތަރުހީބާއެކު ޔޯހާނީ މި ވަނީ މި ލަވައިގެ ތަމިލް ވާޝަނެއް ކިިޔާ އެ ލަވަ ރިލީޒްވެސް ކޮށްފައެވެ.
ރީތި އަޑެއްގެ ވެރި ޔޯހާނީ ކިޔައިފައި މި ތަމިލް ވާޝަންވެސް ވަރަށް ހިތްގައިމެވެ. އަސްލު ލަވައާއި އަދި ޔޯހާނީ ކީ ކަވާ ވާޝަން އާއި ހިލާފަށް ތަމިލް ވާޝަންގައި، މި ލަވައިގެ ރެޕް ބައި ކިޔައިފައި ވަނީ ޔޯހާނީއެވެ. އަދި ފިރިހެން އާޓިސްޓެއްވެސް ޔޯހާނީ އާއެކު މި ލަވައިގައި ބައިވެރިވެފައިވެއެވެ.
"މަނިކޭ މަގޭ ހިތޭ" ގެ ޔޯހާނީ ކީ ކަވާ ވާޝަންއާއެކު އޭނާގެ މަޝްހޫރުކަންވެސް މިހާރު ބޮޑުވެފައިވާއިރު، މި ލަވައިގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ ދިވެހިިންނެވެ. އެގޮތުން މި ހާރު ވަނީ މި ލަވައިގެ ދިވެހި ވާޝަންތަކެއްވެސް އުފައްދައިފައެވެ.





2 Responses
e manje varah reethi
ލަވަ ވެސް ރީތި. އެކަމް އެންމެ ރީތީ ތިޔަ ކުުއްޖާ!