ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ ގިނަދުވަސްތަކަކަށްވެފައިވާއިރު، ސީރީޒް ގެނެސްދޭ އެމޭޒެން ސްޓޫޑިއޯއިން ފިލްމްގެ ފުރަތަމަ ފެނިލުމާއި، ސީރީޒް ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.
މި ސީރީޒްގެ ފުރަތަމަ ސީޒަންގެ މަންޒަރުތައް ނިއުޒިލެންޑްގައި ނަގާ ނިއްމާލުމަށްފަހު، މި ޝޯ ގެ ފުރަތަމަ ސީޒަން ދައްކަން ފަށާ ތާރީހަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ގައި ކަން ވަނީ އިއުލާންކޮށްފައެވެ. އަދި ސީރީޒްގެ ފުރަތަމަ ފޯޓޯވެސް ވަނީ ދައްކާލައިފައެވެ.
"ލޯޑް އޮފް ދަ ރިންގްސް" ގެ ފިލްމްތައް އަދި "ދަ ހޮބިޓްސް" ވެސް ޕީޓާ ޑައިރެކްޓްކޮށްދީފައިވާއިރު، މި ފިލްމްގެ މަންޒަރުތައްވެސް ނަގާފައިވަނީ ނިއުޒިލެންޑްގައެވެ. "ލޯޑް އޮފް ދަ ރިންގްސް" ސީރީޒް ގެނެސްދޭފަރާތްތަކުން ސީރީޒްގެ މަންޒަރުތައް ނަގަން ނިއުޒިލެންޑްއަކީ ފުރިހަމަ ލޮކޭޝަންއެއކަމަށް މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

"ލޯޑް އޮފް ދަ ރިންގްސް" ގެ ސިލްސިލާ ތިން ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، ފުރަތަމަ ފިލްމްފެލޯޝިފް އޮފް ދަ ރިންގްސް ރިލީޒްކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އަދި އޭގެފަހުން ދަ ޓޫ ޓަވާޒް (2002) އަދި ދަ ރިޓާން އޮފް ދަ ކިންގް (2003) ގެނެސްދީފައިވެއެވެ.
މި ފިލްމްތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، މި ފިލްމްގެ ތެރެއިން "ހޮބިޓްސް" ގެ ނަމުގައި ދެ ފިލްމެއް ވަނީ މިހާތަނަށް ގެނެސްދީފައެވެ.



