ޔޫއްޕެ އިތުރު ކައިވެންޏެއް ކޮށްފި

ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާވެސް އިތުރު ކައިވެންޏެއް ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިއީ ޔޫއްޕެގެ ފަސްވަނަ ކައިވެންޏެވެ.

ޔޫއްޕެ ކައިވެނިކޮށްފައިވަނީ ރ. ރަސްގަތީމަށް ނިސްބަތްވާ އަންހެނަކާއެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެ އަންހެން މީހާގެ އަލަތު ކައިވެންޏެވެ.

ކައިވެނީގެ ހަފްލާ އިއްޔެ ހަވީރުގެ ވަގުތެއްގައި ބާއްވާފައިވަނީ މާލޭގައި ހުންނަ ގޯމޭ ރެސްޓޯރަންޓްގައެވެ. ހަފްލާގައި ފިލްމީ ދާއިރާގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވެއެވެ.

މިއީ ޔޫއްޕެގެ ފަސްވަނަ ކައިވެނި ކަމަށް މައުލޫމާތު ލިބޭއިރު، ޔޫއްޕެ އަކީ އޭނަގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ވަރަށް ބޮޑަށް މީޑިއާތަކަށް ފޮރުވައިގެން އުޅޭ އެކްޓަރެކެވެ.

ޔޫއްޕެ މީގެ ކުރިން ވަނީ ކުރީގެ މަޝްހޫރު ބަތަލާ ފަރީލާ އާވެސް ކައިވެނި ކޮށްފައެވެ. އަދި އެ ކައިވެންޏަށް ވަނި އަންހެން ކުއްޖަކު ލިބިފައެވެ. ފަރީލާ އާއި ކައިވެނި ކުރުމުގެ ކުރިން ޔޫއްޕެ ކުރިން ކައިވެނި ކުރި މީހާއަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.

ޔޫއްޕެގެ ފިލްމީ ކެރިއަރުގައި މިހާތަނަށް 90 އެއްހާ ފިލްމް ކުޅެވިފައިވާއިރު، ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ޔޫއްޕެއަކީ މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފިރިހެން އެކްޓަރެވެ.

ޔޫއްޕެ މިހާރު ބޮޑަށް މަސައްކަތް ކުރަނީ ފިލްމް ޕްރޮޑިއުސްކުރުމާއި ޑައިރެކްޓްކުރުމުގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ