ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބުކޮށްފި

މިއަހަރުގެ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވަން ރާއްޖެއިން ކުރި ބިޑް ކާމިޔާކޮށްފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބަންގުލަދޭޝްގައި ބާއްވަން ނިންމައިފައިވަނިކޮށް، އެ ގައުމުގައި ނުބޭއްވޭނެ ކަމަށް ނިންމުމުން ދެކުނު އޭޝިއާގެ ފުޓުބޯޅަ އިދާރާ ސާފުން ވަނީ މިދިޔަ މަހުގެ 23 ގައި އަލުން ބިޑަށް ހުޅުވައިލައިފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ އެސޯސިއޭޝަން، ސާފްގެ މި ވަގުތު ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖެއިން މި ބިޑް ކާމިޔާބުކޮށްފައިވާކަން ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 1 އިން 13 ގެ ނިޔަލަށެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ މީގެ ކުރިއެކޭ އެއްގޮތަށް ސްރީ ލަންކާއާ ގުޅިގެން ރާއްޖޭގައި މި މުބާރާުތް ބޭއްވުމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތަށް ބަލައި ރާއްޖެއިން ބިޑް ހުށަހެޅި ވަކިންނެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖެއިން މިހާތަނަށް ވަނީ 2 ފަހަރަކު ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. ދެން މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރީ އިންޑިއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ