ދަރިން ފިލްމް ކުޅޭކަށް ޖޭސަން މޮމޯ ބޭނުމެއް ނުވޭ!

ދަރިން ހޮލީވުޑާއި ގުޅުން ނުވަތަ ފިލްްމް ކުޅުމުގެ ވިޔަފާރީގެ ތެރެއަށް ވަދުމަކީ އެހާ ބޭނުންވާ ކަމެއް ނޫންކަމަށް "އެކުއަމޭން" ގެ އެކްޓަރ ޖޭސަން މޮމޯ ހާމަކޮށްފިއެވެ.

ޖޭސަން ގެ ކުރިއަށް އޮތް ނެޓްފްލިކްސް ފިލްމް، "ސްވީޓް ގާލް" ޕްރޮމޯޓުކުރުމަށް ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަޏީ ހޮލީވުޑާއި އޭނަގެ ދަރިން ގުޅުމާމެދު އޭނާ ދެކޭ ގޮތާއި ގުޅިގެން ވާހަކަ ދައްކައިފައެވެ. ނަމަވެސް ޖޭސަން ބުނީ، އެއީ އޭނާ އެހާ ރުހޭ ކަމެއް ނޫންކަމަށެވެ.

ޖޭސަން އާއި އޭނަގެ އަނބިމީހާ ލީސާ ބޮނެޓް ގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. އެއީ 14 އަހަރުގެ އަންހެން ދަރިފުޅު ލޯލާ އާއި 12 އަހަރުގެ ހަގު ފިރިހެން ދަރިފުޅު ނަކާއޯ ވުލްފް އެވެ.

ޖޭސަން ބުނީ، ފިލްމް ޑައިރެކްޓް ކުރުމާއި، އެކްޓް ކުރުމާއި އަދި ފިލްމް އުފެއްދުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި، ނަމަވެސް އޭނާ ބޭނުންވަނީ އޭނަގެ ދަރިން އެހެން ދާއިރާތަކުން ކުރިއަށް ދިއުމަށެވެ. ނަމަވެސް ޖޭސަން ބުނީ، އޭނަގެ ދަރިން ފިލްމީ ދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ، އެކަމަށް ތާއިދުކުރާނެ ކަމަށާއި، ނަމަވެސް ބޮޑަށް އެދެނީ ދަރިން އެކްޓްކުރުމުގެ ކެރިއާއިން ކުރިއަށް ނުދިއުން ކަމަށެވެ.

ފިލްމް ކުޅުމަކީ އަސްލު ވަރަށް ބޮޑު ބުރައެއް ކަމަށް ފާހަގަކޮށް ޖޭސަން ބުނީ، ދަރިން އެ ބުރަ އުފުލަން އޭނާ ބޭނުންނުވާ ކަމަށެވެ.

ޖޭސަންގެ ކުރިއަށް އޮތް ނެޓްފްލިކްސް ފިލްމަކީ، އެކްޝަން ތްރިލާއެކެވެ. މި ފިލްމް އަދި ރިލިޒްކުރާ ގޮތަށް އޮތީ އަންނަ އޯގަސްޓް މަހުގެ 20 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ