ޖަރުމަނުގައި އެތައްހާސް ބަޔަކަށް ވެކްސިންގެ ބަދަލުގައި ސަލައިން ދީފި

ޖަރުމަނުވިލާތުގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބަދަލުގައި ލޮނު ފެން ނުވަތަ "ސަލައިން" އިންޖެކްޓް ކޮށްފިއެވެ.

މި ހާދިސާ އާއި ގުޅިގެން ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 8000 އަށްވުރެ ގިނަ މީހުން ގާތު އަލުން ކޮވިޑް ވެކްސިން ޖެހުމަށް އެދިފައެވެ. މިކަން ހިނގާފައިވަނީ ޖަރުމަނުގެ އުތުރު އަވަށެއް ކަމަށްވާ ފްރައިސްލޭންޑްގައެވެ.

އެތައް ބަޔެއްގެ ގަޔަށް މި ވެކްސިންގެ ބަދަލުގައި ސަލައިން އިންޖެކްޓް ކުރި މައްސަލައިގައި، ތުހުމަތުކޮށްފައިވަނީ ނަރުހެއްގެ މައްޗަށެވެ. އަދި ފުލުހުން ވަނީ އެ ނަރުސްގެ މައްސަލަ ތަހުޤީގުކުރަން ފަށައިފައެވެ.

މިދިޔަ މާޗް އަދި އޭޕްރީލް މަހުގައި މި މައްސަލަ ފެންމަތިވެފައިވާއިރު، ވެކްސިނުގެ ބަދަލުގައި ލޮނުފެން ހަށިގަނޑުގެ ތެރެއަށް ފޮނުވާފައިވަނީ އުމުރުން ދުވަސްވީ ހައި ރިސްކު ކެޓަގަރީގެ ބައެއްގެ ގަޔަށްކަމަށެވެ. އޭނާ ވަނީ އެކަންކުރިކަމަށް އެއްބަސްވެސް ވެފައެވެ.

ފުރަތަމަ ވެކްސިންގެ ބަދަލުގައި ސަލައިން ދިން ކަމަށް އެނގިފައިވަނީ 6 މީހަކަށެވެ. ނަމަވެސް ފުލުހުންގެ ތަހުޤީގުން އެތައް ހާސް ބަޔަކަށް އެ ނަރުސް ވަނީ ވެކްސިން ދީފައިކަމަށް ވަނީ ފަޅާއަރައިފައެވެ.

ޖަރުމަނުގައި ބައެއް މީހުން ދަނީ ވެކްސިން ޖެހުމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެގޮތުން އެ ނަރުހަކީވެސް ވެކްސިނާއި ދެކޮޅު މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ