ބޮލީވުޑްގެ އެކްޓްރެސް ސަނީ ލިއޯން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
ސަނީ ލިއޯން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް އުޅޭކަން ހާމަކުރީ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓުތަކުންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. އެ ރިސޯޓުން ސަނީ އަށް ވަނީ ހޫނު މަރުހަބާއެއްވެސް ކިޔައިފައެވެ.
ސަން ސިޔާ އޮޅުވެލީގައި ޗުއްޓީ ހޭދަކުރާ ގޮތުގެ އަޕްޑޭޓްތައް ސަނީ އޭނަގެ އިންސްޓަގްރަމްގައި އިއްޔެއިންސުރެ ހިއްސާކުރަމުން އަންނައިރު، މި ދަތުރުގައި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި ތިން ދަރިންވެސް ރާއްޖެ އައިސްފައިވެއެވެ.
އެމެރިކާގައި ދިރިއުޅެމުން އަންނަ ސަނީ ލިއޯން ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު ރިލީޒްވި ފިލްމް ޖިސްމް-2 އިންނެވެ. ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއެލްގެ ތިން ކުދިން ތިބޭއިރު، މި ތިން ކުދިންނަކީވެސް އެޑޮޕްޓް ކޮށްފައިވާ ތިން ކުދިންނެވެ




