އަނެއްކާވެސް ސާރާ ރާއްޖެ އަތުވެއްޖެ

އިންޑިއާގެ ބޮލީވުޑް ފަންނާނުންގެ މެދުގައި ރާއްޖެއަކީ ވަރަށް މަޤުބޫލު މަންޒިލެއްކަން އެބަ އެނގިގެންދެއެވެ. އެގޮތުން މީގެ ކުރިން ދެތިން ފަހަރަކު ރާއްޖެ އައިސްފައިވާ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ސާރާ އަލީ ހާން އަނެއްކާވެސް ރާއްޖެ އައިސްފިއެވެ.

ބޮލީވުޑްގެ ކުރީގެ ބަތަލާ އަމްރިތާ ސިންހް އާއި އެކްޓަރ ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސްގައެވެ. ސާރާ ވަނީ އެކަން އޭނަގެ އިންސްޓަގްރަމްގައި ހާމަކޮށްފައެވެ.

އެގޮތުން ސާރާ އިއްޔެ ވަނީ ހިތްގައިމު ދޮންވެލި ބީޗުގައި އިނދެ އިރު އަރާ މާންޒަރާއެކު ނަގާފައިވާ ފޮޓޯއަކާއި، އިރު އަރާ މަންޒަރުގެ ޓައިމް ލޭޕްސް އެއް އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.

ސާރާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި އޭނަގެ މަންމަ އަމްރިތާ އާއި ކޮއްކޮ އިބްރާހިމް އަލީ ހާން އާއިއެކުވެސް ރާއްޖެ އައިސްފައެވެ. އަދި އޭގެ ފަހުން އޭޕްރީލް މަހުވެސް ސާރާ ވަނީ ރާއްޖެ އައިސްފައެވެ.

ނަމަވެސް މިފަހަރު ސާރާ ރާއްޖެ އައީ ކާކާއެކު ކަމެއް އަދި ހާމައެއްނުކުރެއެވެ.

ސާރާ ގެ ފިލްމެއް މިއަހަރު އަދި ރިލީޒެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްވެފައިވެއެވެ. އެއީ "ލަވް އާޖްކަލް" އާއި، "ކޫލީ ނަންބަރު 1" އެވެ. ސާރާ ބޮލީވުޑްއަށް ތައާރަފްވީ ސުސާންތް އާއިއެކު ފިލްމް "ކެދަރްނާތް" އިންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ahmed

    ސާބަހޭ ސާރާ. ވީ ލަވްޔޫ…..ސޯމަޗް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ