އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށް 20 އަހަރު!

9/11 ގެ ހާދިސާ: ސެޕްޓެމްބްރު 11، 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށް މިއަދު މިވަނީ 20 އަހަރު ފުރިފައެވެ. މުޅި ދުނިޔެ ސިއްސުވާލި މި ހާދިސާއަކީ، ފަހުގެ ތާރީހެއްގައި ދުނިޔޭގައި ހިނގި އެންމެ ބޮޑު އެއް ޓަރަރިޒަމްގެ ހަމަލާއެވެ. ޓެރަރިޒަމް އަކީ ގްލޯބަލް ފިނޯމިނަން އެއްގެ ގޮތުގައި ކަނޑައެޅީވެސް 9/11 ހާދިސާއަށްފަހުއެވެ.

މަތިންދާ ބޯޓެއް ހައިޖެކް ކުރުމަށް ފަހު އޭރު ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ޓްވިން ޓަވަރުގައި ޖައްސައި ބޯޓު ގޮއްވާލާ ދިން މި ޓެރަރިޒަމްގެ ހަމަލާއަށް މިއަދު 20 އަހަރު ފުރޭއިރު މި ހާދިސާއަކީ އެމެރިކާގެ ރައްޔިތުންގެ ހިތުން އަދިވެސް ފިލުވާލަން އުނދަގޫވާނެ ހާދިސާއެވެ.

ސަލާމާތީ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ވަރުގަދަ ގައުމު އެމެރިކާއަށް އެ ދުވަހު ކުރިމަތިވި މި ބިރުވެރި ހާދިސާގައި ގާތްގަނޑަކަށް 3000 އެއްހާ މީހުން މަރުވިއިރު، 6000 މީހުން ޒަހަމްވިއެވެ. އެދުވަހުގެ ބިރުވެރި އަދި ހިތާމަވެރި ހަނދާންތައް މިއަދު އާކުރަމުން ދާއިރު،

9/11 ގެ މި ހާދިސާއާއި ގުޅިގެން އޭރުގެ އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ ނިރުބަވެރިކަން ހުއްޓުވުމަށް ކަމަށް ބުނެ ޓެރަރިޒމާ ދެކޮޅަށް ހަނގުރާމަ ކުރަން އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އަރުވައިފައެވެ. އެއީ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގެ މޭސްތިރިޔާ އުސާމާ ބިން ލާދިން މަރާލުމަށެވެ. އޭރު އަފްޣާންގައި ވެރިކަން ކުރި ތާލިބާން ޖަމާއަތުން ވަނީ އުސާމާ ބިން ލާދިން އެމެރިކާއާ ހަވާލުކުރަން ދެކޮޅު ހަދައިފައެވެ.

އޭރު އެމެރިކާ ސިފައިން އަފްޢާން އަށް އަރާ ތާލިބާން ޖަމާއަތް ފަހައިގަތުމުން، އެ ޖަމާއަތް ބައިބައިވެ އެމީހުން ބާރު އެ ގައުމުން ގެއްލުނެވެ. ނަމަވެސް އޭގެ ފަހުން 20 އަހަރު ތެރޭގައި އަނެއްކާވެސް ތާލިބާން ޖަމާއަތުން މަޑުމަޑުން އަފްޙާން އަށް ޖަމާވަމުން އައިސް، އަނެއްކާވެސް މިހާރު އެވަނީ އެގައުމު އެމީހުންގެ ބާރުގެ ދަށަށް ގެެނެސްފައެވެ. އަދި އެއާއެކު 2001 ވަނަ އަހަރު 9/11 ގެ މި ހާދިސާއާއި ގުޅިގެން ތާލިބާނުން ފަހާ އަފްޣާނިސްތާނަށް އަރައިގެން އެމެރިކާ ސިފައިންގެ ބައިގަނޑު އިހަކަށް ދުވަހު ވަނީ އަފްޣާން އިން ފައިބައިފައެވެ. އަފްޣާން އިން އެމެރިކާ ސިފައިން ފޭބީ މަޖުބޫރުވެގެންނެވެ.

އެމެރިކާއިން އުސާބާ ބިން ލާދީން މަރާލާ، ޓެރެރިޒަމް ހުއްޓުވަން ކަމަށް ބުނެ އަފްޣާންއަށް އެރިނަމަވެސް، އެމެރިކާއަކަށް އެކަމެއް ކާމިޔާބެއް ނުވެއެވެ. އުސާމާގެ ޖަމާއަތް އަލްގައީދާއިން އަދިވެސް އަންނަނީ އެކި ނަންނަމުގައި ޓެރެރިސްޓް ގްރޫޕްތައް އުފައްދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ