ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުން ނޭޕާލުން ރާއްޖެ ބަލިކޮށްފި

ރާއްޖޭގައި މިއަދު ފެށި މި ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްއާ ވާދަކޮށް މިރޭ ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

މިރޭ ގަލޮޅު ރަސްމީ ސްޑޭޓިއަމްގައި، ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުޅުނު މި މެޗުން ނޭޕްލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މިއީ މި މުބާރާތުގެ ތާރީޚުގައި ނޭޕާލު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުން ރާއްޖެ ބަލިވި ނަމަވެސް މީގެ ކުރިން ނޭޕާލާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗެއްގައި ރާއްޖެ މޮޅުވެފައިވާއިރު، ދެ މެޗެއް ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް، މެޗުގެ 84 ވަނަ މިނެޓްގައި ނޭޕާލްގެ މަނީޝް ދަންގީއެވެ. ރާއްޖެއިން ކުރިއަށް އަރައިގެން ކުޅެމުންދަނިކޮށް ނޭޕާލުން މި ލަނޑު ޖަހާފައިވަނީ ކައުންޓަރ އެޓޭކެއްގައެވެ. މަނީޝް އޭރިއާތެރެއަށް ދިޔަ ނުދިނުމަށް ރާއްޖޭގެ ކުޅުންތެރިން ފައުލުކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ދުވެފައި ގޮސް އޭރިއާތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުގައި ރާއްޖެއަށް ލަނޑެއް ޖެހިފައި ނުވިޔަސް ރާއްޖެއިންވެސް ރަނގަޅު ހަމަލާތަކެއް އުފައްދައި ނޭޕާލްގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. މިރޭގެ މެޗަށް ރާއްޖޭން ނުކުތް ފުރަތަމަ އެގާރަ އަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑޭ)، އިބްރާހިމް އައިސަމް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިރޭގެ މެޗު ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. އަދި މެޗު ފެށިގެން ނިމެންދެން، ދިވެހި ސަޕޯޓަރުން ވަނީ ގައުމީ ޓީމަށް ހިތްވަރުދީ ޓީމުގެ 12 ވަނަ ކުޅުންތެރިއާގެ މަޤާމު ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. މުޅި ސްޓޭޑިއަމް ގައި ގުގުމާލައިފައިވަނީ ދިވެހި ސަޕޯޓަރުންގެ އަޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙޮސޭން

    ރާއްޖޭ ޓީމް ނޭޕާލައްވުރެން ބަލިކޮއް ފެނުނީ. ހާއްސަކޮއް މެދުތެރެ….ބަދަލު ގެނުވުނީވެސް ތަންކޮޅެއް ލަސްކޮއް ކަމަށް ގަބޫލުކުރެވެނީ. ޢަޝްފާޤު ވެސް ކޮންމެވެސް ހިސާބަކުން ބަދަލު ކުރެވުނު ނަމަ ދޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ