ފިލްމް ކުޅުން ހުއްޓާލި ޒާއިރާ ވަސީމް ދެއަހަރު ފަހުން ފޮޓޯއެއް ހިއްސާކޮށްފި

ފިލްމް ޑަންގަލްއިން ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާ "ޒާއިރާ ވަސީމް" ފިލްމް ކުޅުން ހުއްޓާލާ ބޮލީވުޑްއިން އެއްކޮށް ވަކިވުމަށްފަހު މީސްމީޑިއާގައި ފުރަތަމަ ފަހަރަށް އޭނަގެ ފޮޓޯއެއް ހިއްސާކޮށްފިއެވެ.

2019 ވަނަ އަހަރު ޒާއިރާ ފިލްމް ކުޅުން ހުއްޓާލީ  ފިލްމީ ދުނިޔެ އާއި އިސްލާމް ދީނާއި ފުށޫއެރާ ކަންތައްތަކެއް ހުރި ކަމަށާއި އެހެންކަމުން އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ އުފަލުންނޫންކަމަށް ބުނެއެވެ.

އެއަށްފަހު މީސްމީޑިއާގައި އޭނަގެ އެއްވެސް ފޮޓޯއެއް ހިއްސާނުކުރާތާ ދެ އަހަރު ފަހުން، އިންސްޓަގްރަމްގައި ޒާއިރާ ވަނީ އޭނާ ބްރިޖެއްގައި ހުއްޓިލައިގެން ހުރި ފޮޓޯ ޕޯސްޓުކޮށްފައެވެ. މި ފޮޓޯގައި ޒާއިރާގެ މޫނު ނުފެނުނު ކަމުގައިވިޔަސް އޭނާ ހުރީ ބުރުގާ އަޅާ، ނިވާވެގެންނެވެ.

ޒާއިރާ ފިލްމު ކުޅުން ހުއްޓާލުމަށްފަހު އޭނަގެ ފޮޓޯތައް އަމިއްލަ އެކައުންޓުތަކުގަ އާއި ފޭން ޕޭޖުތަކުގައި ދައުރު ނުކުރުމަށް އާއްމުކައިރީ ވަނީ އެދިފައެވެ.

ޒާއިރާ ފިލްމްކުޅުން ހުއްޓާލުމުން ބޮލީވުޑްގެ ބައެއް ތަރިން އެކަމަށް މަރުހަބާ ކިޔެއެވެ. އަދި ޒާއިރާގެ މި ނިއްމުމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ "ޒާކިރު ނައިކް" ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ