ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރް އާއި އޭނަގެ އަންހެނުން މީރާ ރާޖްޕުތް ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މި ދެމަފިރިން ރާއްޖޭގެ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ 5 އަހަރުގެ އަންހެން ދަރިފުޅު މިޝާ ކަޕޫރް އާއި 3 އަހަރުގެ ހަގު ފިރިހެން ދަރިފުޅު ޒައިން ކަޕޫރް އާއެކުއެވެ.
އެގޮތުން ރާއްޖޭގައި އުޅޭކަމުގެ އިޝާރާތެއް ޝާހިދު ކަޕޫރް އޭނަގެ މީސްމީޑިއާ އެކައުންޓުގައި ހާމަނުކުރި ކަމުގައިވިޔަސް، މީރާގެ އިންސްޓަގްރަމް ސްޓޯރީއަށް ބަލާލުމުން ސޮނޭވާ ފުށީގައި ޗުއްޓީ ހޭދަކުރަމުންދާކަން އެނގެއެވެ.
އެގޮތުން މީރާ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމު ސްޓޯރީގައި އިއްޔެ ވަނީ ހިއްސާކޮށްފައެވެ. އަދި ޝާހިދުވެސް ވަނީ ބައެއް ފޮޓޯ ހިއްސާކޮށްފައެވެ.
ޝާހިދުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމް، "ޖާޒީ" އިންނެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.




