މިއަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރެޑްވޭވް ކުންފުނީގެ ފަރާތުން ކުރިއަށް ގެންދިޔަ ރެޑްވޭވް ރޯދަ ސޭލްގެ ނަޞީބު ވެރިއަކަށް، ށ.ފޯކައިދޫ އަށް އުފަން، މުޙައްމަދު ޝިޔާމް ހޮވިއްޖެ އެވެ.
ޝިޔާމް ހޮވުނުކަން އިއުލާން ކޮށްފައިވަނީ، މި ޕްރޯމަޝްގެ ނަޞީބުވެރި ފަރާތްތައް ހޮވުމަށްޓަކައި ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގައި މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައިވަނީ 26 ނަޞީބު ވެރިއަކު ހޮވާފައެވެ. އެއްލައްކަ ރުފިޔާގެ ނަސީބުވެރިޔާގެ އިތުރުން ހޮވުނު 25 ފަރާތަށްވަނީ އެކިއެކި އަގުތަކުގެ އިނާމު ދީފައެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިނާމް ހާސިލްކުރި ފަރާތްތަކަށް އިނާމް ހަވާލު ކޮށްދޭނެކަމަށް ރެޑްވޭވްގެ ފަރާތުން މަޢުލޫމާތު ދެއެވެ.
ރެޑްވޭވް ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރޭޓެއިލް ވިޔަފާރި ކުރާ ފަރާތެކެވެ.




