ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

އުރީދޫގެ ޚާއްސަ ހަދިޔާއެއް ދަނޑުވެރިންނަށް

އުރީދޫ މޯލްޑިވްސްގެ ހާއްސަ ޕެކޭޗެއް ދަނޑުވަރެންނަށް ތައާރަފް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އަދި ފިޝަރީސް އެންޑް އެގްރިކަލްޗަ މިނިސްޓްރީ ގުޅިގެން ދަނޑުވެރިންނަށް ހާއްސަ މޯބައިލް ޕެކޭޗެއް ތައާރަފް ކޮށްފިއެވެ.

އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު މި ޕެކޭޖާއި ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ތައާރަފްކުރި ޕެކޭޖުގެ ތެރެއިން އެއް ދަނޑުވެރިއަކު އަނެއް ދަނޑުވެރިއަކަށް ހިލޭ ގުޅާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި އެ ޕެކޭޖު ގެންގުޅޭ ފަރާތްތަކަށް ދަނޑުވެރިން ބޭނުންވާ ގަސްކާނާ އާއި ގަސް ހައްދަން ބޭނުންވާ ސާމާނު މާލެއިން އެ ތަކެތި ވިއްކާ ފިހާރަތަކުން އިތުރު ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.  

ފިޝަރީސް މިނިސްޓަރު ޒަހާ ވިދާޅުވީ، މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު މި އެޕުލިކޭޝަނުން ލިބޭނެ ކަމަށާއި އަދި ފޯރުކޮށްދޭން ބޭނުންވާ ބައެއް މައުލޫމާތުތައް އެސްއެމްއެސް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެއިތުރުން މިނިސްޓްރީއިން ތައްޔާރުކުރާ ލުއިފޮތްތައް ބްރައުޒް ކުރެވެންވެސް ހުންނާނެ ކަމަށެވެ.

ފިޝަރީސް އެންޑް އެގްރިކަލްޗަ މިނިސްޓްރީގައި 7000 އަށް ވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ