ހޮލީވުޑްގެ އެކްޓަރ ހީތް ފްރީމަން މަރުވެއްޖެ

ހޮލީވުޑްގެ އެކްޓަރު ހީތް ފްރީމަން މަރުވެއްޖެ އެވެ.

2005-2017 އަށް ގެނެސްދިން ފޮކްސް ގެ ކާމިޔާބު ޓީވީ ސީރީޒް "ބޯންސް" ގައި ކުޅެފައިވާ ރޯލުން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި ހީތް ފްރީމަން، މަރުވިއިރު އޭނަގެ އުމުރަކީ 41 އަހަރެވެ. ހީތްގެ މަރުގެ ހަގީގަތް ހީތް އާއި ގުޅުން ހުރި އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހީތް މަރުވިކަން އޭނަގެ މެނޭޖަރު ވަނީ ބޭރުގެ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ.

ހީތް ގެ މެނޭޖަރު ބުނި ގޮތުގައި، ހީތްގެ މަރާއެކު އެންމެންވެސް މިވަގުތު ތިބީ ބޮޑު ހިތާމައެއްގެ ތެރޭގަ އެވެ. ހީތު ވަކިވެގެން ދިޔައީ، އޭނަ ދެކެ ލޯބިވާ އެންމެންގެ ހިތްތަކުގައި، ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ނިޝާންތަކެއް ބިންވަޅު ނެގުމަށްފަހު ކަމަށް މެނޭޖަރު ސިފަކުރި އެވެ.

ހީތްގެ މެނޭޖަރު ނެރުނު ބަޔާނުގައި އިތުރަށް ބުނީ، ހީތް އެންމެ ފަހުން މަސައްކަތް ކޮށްފައިވާ ފިލްމާ ދޭތެރޭ ހީތް ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށްޓަކައި އޭނާ ހުރީ ވަރަށް އެކްސައިޓެޑް ވެފައި ކަމަށް ބަޔާނުގައި ވެއެވެ.

ހީތު އެންމެ ފަހުން ކޮށްފައިވާ ފިލްމީ މަސައްކަތްތަކަކީ، އަދި ރިލީޒްނުވެ ހުރި، "ޓެރަރ އޮން ދަ ޕްރެއިރީ" އަދި "ޑެވިލްސް ފްރުޓް" ގެ މަސައްކަތެވެ.

ހީތު އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެން ދިޔައީ 2001 ވަނަ އަަހަރު ޓީވީ ޑުރާމާ "އީ.އާރު"އިންނެވެ. އެއަށްފަހުވެސް ގިނަ ސީރީޒްތަކެއްގެ މަސައްކަތް ކޮށް، އޭނާ ވަނީ ކާމިޔާބު ފިލްމް ތަކުންވެސް ފެނިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ