ޝޯން އާއި ކަމީލާގެ ލޯބީގެ ގުޅުން ނިމުމަކަށް!

ލަވަ ކިޔާ އާޓީސްޓުންގެ ތެރެއިން ފޭނުންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ދެ ލޯބިވެރިންކަމުގައިވާ ޝޯން މެންޑެސް އާއި ކަމީލާ ކެބޭގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފިއެވެ.

ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެ މީހުން ވަކިވާން ނިއްމިކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު ދެމީހުންގެ އިންސްޓަގްރަމްގައި ނެރުނު ބަޔާނެއްގައެވެ. ބަޔާނުގެ ދެމީހުންވެސް ބުނީ، ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން ނިންމައިފައިވާ ކަމަށާއި، ނަމަވެސް ވަރަށް ގާތް އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

އެ ބަޔާނުގައި ދެމީހުންވެސް ބުނެފައިވަނީ، ގާތް އެކުވެރިންގެ ގޮތުގައި ފެށި މިގުޅުން ކުރިއަށް ވުރެ ވަރުގަދަ ވެއްޖެ ކަމަށާއި، އަދި ކުރިއަށް އޮތްތާގައިވެސް އެންމެ ގާތް އެކުވެރިގެން ގޮތުގައި ދެމި ތިބޭނެކަމަށެވެ. އަދި އެ ނިންމުމަށް ފޭނުން ވެސް އިހުތިރާމް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައި ވެއެވެ.

ޝޯން އާއި ކަމީލާ ވަކިވާން ނިންމި ސަބަބެއް އެކަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން، ޝޯން އާއި ކަމީލާ ޑޭޓް ކުރަން ފަށައިފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި ދެމީހުންގެ ލޯބީގެ ގުޅުމުގެ ފެށުމަކީ ދެމީހުން އެކުގައި ކީ މަޝްހޫރު ލަވަ "ސެނޮރީޓާ" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ