މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް)،--

އެމްޕީއެލްގެ ޗެއާމަނަކަށް ސެންކޯ ޝަރީފް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަނަކަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް)، އައްޔަންކޮށްފި އެވެ.

އެމްޕީއެލްގެ ބޯޑުގައި ހުންނެވި ޝަރީފް އެ ކުންފުނީގެ ޗެއާމަނަކަށް ޢައްޔަންކޮށްފައި  ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ންނެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ތަކުގެ ބޯޑަށް މީހުން އައްޔަން ކުރަނީ ރައީސް އޮފިހުން ޕީސީބީ އަށް ފޮނުވައިގެންނެވެ.

ޝަރީފް އެ މަޤާމަށް ހަމަޖައްސައިފައި މިވަނީ، އެމްޕީއެލްގެ  ޗެއާމަންގެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު ޒަކީ (ނަޒާކީ ޒަކީ) އެ މަގާމުން އިސްތިއުފާ ދެއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.

ޝަރީފަކީ 1982 ވަނަ އަހަރުން ފެށިގެން ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި ޗެއާމަނެވެ. އެއަށްފަހު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އޭނާ އައްޔަން ކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ޝަރީފް ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އެއީ 2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށެވެ.

އެމްޕީއެލްގެ ޗެއާމަނަކަށް ޝަރީފް ހަމަޖެއްސި އިރު، އެމްޕީއެލް ބޯޑުގައި މިހާރު ތިއްބަވަނީ ހަ މެމްބަރުންނެވެ. އެއީ ޝަރީފްގެ އިތުރުން ސީއީއޯ ޝާހިދު އަލީ، ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ، އަދި ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ޖާދުﷲ ނާޒިމާއި އަހުމަދު ލައިޝަމާއި އިބްރާހިމް އާރިފެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ