ސުޕާރީޕެކެޓް ހިމެނޭހެން 13 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާކޮށްފި

ސުޕާރީ ޕެކެޓާއި ކަފަބުރު ހިމެނޭހެން، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފި އެވެ.

ރާއްޖޭގައި އުފެއްދުން މަނާކުރާ ޕްލާސްޓިކްގެ މި 13 ބާވަތުގެ ލިސްޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައިވަނީ، އެކި މުއްދަތުތަކަށް ބަހާލައިގެންނެވެ.

އަންނަ އަހަރުގެ ޖޫން އެކަކުން ފެށިގެން އުފައްދާ ބާޒާރަށް ނެރުން މަނާ ބާވަތްތައް:

  • ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
    ބާޒާރު ކުރަން ބޭޏުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
  • 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
    ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން (ބާޒާރަށް ނެރުން މަނާ ވާނީ، ސެޕްޓެމްބަރުން ފެށިގެން).
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ބާޒާރަށް ނެރުން މަނާ ވާނީ، ސެޕްޓެމްބަރުން ފެށިގެން).

އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އުފެއްދުން މަނާ ތަކެތި:

  • ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮސކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން

ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކުރަނީ ޕްލާސްޓިކް ކޮތަޅެވެ. ސަރުކާރުން އަމާޒު ހިފައިފައި ވަނީ، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Thimara

    މީގެމިބުނާގޮތުންއަހަރުމެންފިރިހެންވެރިންބޭނުންކުރާ އަނެކެތި އަދިގެނެވޭނެތާ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ