މައުޞޫމް ފަރްހީން އެދެނީ ދީލަތި އެހީއަކަށް!

މަރިޔަމް ފަރްހީނަކީ އުފަންވީ ދުވަހުން ފެށިގެންވެސް ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނަ، މިހާރު އުމުރުން 6 އަހަރު ފުރިފައިވާ ތުއްތު ކުއްޖެކެވެ. އަވަސް އަވަހަށް ބަލިވުމުގެ އިތުރުން، ހެދިބޮޑުވުމުގައި ވެސް މައްސަލަތަކެއް ހުރުމުގެ އިތުރުން، ގިނައިރު ހިނގާފައި ނުއުޅެވުމާއި އަވަސް އަވަހަށް ވަރުބަލިވުންފަދަ ދަތިތަކާއި ވެސް ފަރްހީން އަންނަނީ ކުރިމަތިލަމުންނެވެ.

ފަރްހީންގެ ބަލިހާލަތު ހުރިގޮތް "ފެށުމަށް" އަށް ކިޔާދެމުން ފަރްހީންގެ މަންމަ ބުނީ، ދަރިފުޅު އުމުރުން 8 މަހުގައި ބަލިވާތީ ގަމު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެއަށްފަހު އުމުރުން 3 އަހަރުވަންދެން ގަމު ހޮސްޕިޓލަށް ދައްކަމުން ގޮސްފައިވާ ކަމަށެވެ. އަދި މާލީ ތަނަވަސްކަން ނެތް އާއިލާއެއް ކަމުން ލޯނެއްނަގައިގެން މާލެ ގޮސް ޑޮކްޓަރަށް ދައްކުމުން ތުއްތު ދަރިފުޅުގެ ސިއްޙީ ވަރަށް ބޮޑެތި މައްސަލަތައް ހުރިކަން އެނގުނު ކަމަށާއި، އެހެންކަމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ މަސައްކަތް ފެށި ކަމަށްވެސް އޭނާ ބުންޏެވެ.  

އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކައި ފަރްހީންގެ ޞިއްޙީ މައްސަލަތަށް ދެނެގަނެވުނުއިރު، ފަރްހީންގެ ހެދިބޮޑު ވުމުގެ މައްސަލައެއްވެސް ހުރިކަން އެނގުނު ކަމަށާއި، ޑޮކްޓަރުން ލަފާ ދެއްވީ ފަރުހީންގެ އުމުރުން 12 އަހަރު ވަންދެން އަހަރަކު ދެފަހަރު އިންޑިއާއަށް ގޮސް އިންޖެކްޝަނެއް ޖެހުމަށް ކަމަށެވެ.

ފަރްހީންގެ މަންމަ ބުނީ ފަރްހީންގެ ފަރުވާއަށް މީގެ ކުރިން މާލެ އަދި ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ލޯނު ނަގައިގެންނާއި، އެކި މީހުންގެ ދީލަތި އެހީގައި ކަމަށެވެ. އަދި މިދިޔައަހަރު އެއްފަހަރު އާސަންދަ ހަމަޖެހުނު ނަމަވެސް އޭގެފަހުން އާސަންދަވެސް ހަމަޖެހިފައި ނުވާކަމަށް ފަރްހީންގެ މަންމަ ބުންޏެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން އިންޑިއާއަށް ދިޔައީ މީހުން އަތުން ލޯނު ނަގައިގެން. ތިން ފަހަރަށް ދިޔައިރު، ތިން ލޯނު ނެގިފައިވޭ އަދި އާސަންދައިން އެއްފަހަރު ދެވުނު ނަމަވެސް ފަހުން އާސަންދަ ނުލިބޭތީ މިދިޔަ އަހަރު ސެޕްޓެމްބަރ ގައި ދާން އޮތް ދަތުރުވެސް ނުދެވުނު، ރާއްޖެއިން ޑޮކްޓަރުން އެބަބުނޭ ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކުން އެފަރުވާ އެއް ދެވެން ނެތްކަމަށް، އެކަމަކު އާސަންދަ އޮފީހުން ބުނަނީ އިންޖެކްޝަން ރާއްޖެ ގެނެސްގެން ހޮސްޕިޓަލުން ޖަހުވާށޭ، މިހާރު އެގޮތަށް އިންޖެކްޝަން ގެނެސްގެން ޖަހަން ވެގެން ދިޔައީމާ ޓްރީޓޮޕް ހޮސްޕިޓަލުންވެސް ބުނަނީ އެބައްޔާބެހޭ ސްޕެޝްލިސްޓެއް ނެތުމުން ފަރުވާ ނުދެވޭނެކަމަށް" ނަސްވާ ބުންޏެވެ.

ފަރްހީންގެ މަންމަ ނަސްވާ ބުނީ ފަރްހީނުގެ އެމް.އާރް.އައި ރާއްޖެއިން ހެދުނުނަމަވެސް އެހެން ޓެސްޓްތައް ރާއްޖެއިން ނުހެދޭ ކަމަށާއި، ރަށުގައި ގާޑިޔާ ހިންގައިގެން ލިބޭ އާމްދަނީއިން ބައެއް ރައްކާ ކޮށްގެން ފަރުހީންގެ ބޭސްފަރުވާއަށް ކޮންމެވެސް ވަރެއް ޚަރަދު ކުރެވުނަސް އިންޑިއާއަށް ގޮސް 15 ވަރަކަށް ދުވަހު މަޑުކުރަން ޖެހޭއިރު، އެ ހަރަދުތަކަށް ވާވަރަށް އަތުގައި ފައިސާނެއް ކަމަށެވެ.

"ވަރަށް ދެރަވޭ އަޅުގަނޑަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު އެއީ، ކޮންމެ ދުވަހަކުވެސް ކޮންމެވެސް ސިއްހީ މައްސަލަތަކެއްގައި އުޅޭނީ." އަސަރާއެކު ފަރްހީނުގެ މަންމަ ކިޔައިދިނެވެ.

ނަސްވާ ބުނީ ކޮންމެ ހަމަހަކުން ހަމަހަކުން އިންޖެކްޝަން ޖަހަން ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު ހަމަހުން އެންމެ މަހެއް ފަރުވާ ނުކުރެވުނު ނަމަވެސް ފަރުވާގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ނުލިބޭނެކަމަށާއި ގަވާއިދުން ފަރުވާ ލިބިގަތުމަށް ޑޮކްޓަރ ނަސޭހަތްތެރި ވެފައި ވާކަމަށެވެ.

ކުޑަކުޑަ ފަރުހީން އަށް ދީލަތި އެހީއެއްވެ ދިނުމަށް ބޭނުންވާ ފަރާތްތަކުން ފަރްހީންގެ މަންނަ (އައިމިނަތު ނަސްވާ) ގެ ބީއެމްއެލް އެކައުންޓް ނަންބަރު 7730000190827 އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ. ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފަރްހީންގެ ބައްޕައަށް 9910819 ނުވަތަ މަންމައަށް (9968215) ގުޅުމަށްވެސް ތުއްތު ފަރްހީންގެ އާއިލާއިން އެދެއެވެ.

މިލިޔުން ކިޔާލުމުން
1031
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Kkkk

    Ekaunt nambarunamaa eku fonuvun eden gona meehun fonuvanee hamaekani nambaru

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ