ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ތަރައްގީކޮށްފައިވާ ސްވިމިން ޕޫލް ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނަގާ ފީ ސްވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ބޮޑުކޮށްފިއެވެ.
ހުޅުމާލޭގައި އޮންނަ ސްވިމިންގ ޕޫލް ބޭނުންކުރާ ސްކޫލް ކުދިންގެ އަތުން ފީގެ ގޮތުގައި ކުރިން 250 ރުފިޔާ ނެގިނަމަވެސް މި މަހުން ފެށިގެން 300 ރުފިޔާ ނަގަން ވަނީ ފަށައިފައެވެ.
މީގެ އިތުރުން ކުރިން ފީގެ ގޮތުގައި ނަގަމުންދިޔަ އަދަދު ކުރުމަށްފަހު އެ އަދަދު ވެސް އަންނަ މަހުން ފެށިގެން އިތުރަށް ބޮޑު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
ރައީސް ސޯލިހް ޓީޗަރުންގެ މުސާރައަށް ގެނެސްދެއްވި ހެޔޮ ބަދަލާއެކު ރާއްޖޭގައި ވިއްކާ ގިނަ ބާވަތްތަކެއްގެ ތަކެތީގެ އަގާއި ޚިދުމަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލެން ފަަށާފައެވެ.
ޓީޗަރުންގެ މުސާރައާއެކު ފުރަތަމަ ތަކެތީގެ އަގު ބޮޑުކުރީ ސަރުކާރު ކުންފުނިތަކުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކުރިއިރު، މަސްދަޅުގެ އަގުވެސް ވަނީ ބޮޑު ކޮށްފައެވެ.



