ފަސޭހަ ރީޗާޖު އިން 1440 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކުރިޔައް ގެންދިޔަ ރޯދަ ބޮޑު ޕުރަމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައި މިވަނީ ފަސޭހަ ރީޗާޖްގެ ސާރވިސް ސެންޓަރު ގައި ނެގުނު ގުރުއަތުގައެވެ.
ރޯދަ ބޮޑު ޕުރަމޯޝަންގެ ނަމުގައި މުޅި ރަމަޟާން މަހަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕުރަމޯޝަނުގައި، 100 ރުފިޔާ އަށްވުރެ މަތިން ފަސޭހަ ރިޗާޖް އިން ހިދުމަތް ހޯދާ ކޮންމެ ކަސްޓަމަރެއްގެ ނަން ހިމެނޭ ގޮތުން ނެގޭ ގުރައަތުން ހޮވޭ ކޮންމެވެސް އެއްފަރާތަކަށް ވަންޕުލަސް އިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ވަން ޕުލަސް 7 ޕްރޯ 128 ޖީބީގެ ފޯނެއް ލިބިގެންދާނެއެވެ.

ފަސޭހަ ރިޗާޖަކީ އޮންލައިން ރާސްޓަސް، ރިލޯޑް، އަދި ދިރާގް، އުރީދޫއިން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް އެންމެ އިތުބާރާއެކީ ފޯރުކޮށްދޭ އެއް އެޕުލިކޭޝަނެވެ. މި އެޕުލިކޭޝަންގެ ހިދުމަތްތައް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި މިހާރުވަނީ ސާވިސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވާފައެވެ.
ފަސޭހަ ރިޗާޖްގެ ސާވިސް ސެންޓަރު ހުންނަނީ ހުޅުމާލޭ ޗަނބޭލީ މަގު ރެހެންދި ސްކޫލް ކައިރިން ޓާފް ދަނޑު ފަހަތުގަ އެވެ.
ފަސޭހަ ރީޗާޖް އެންމެ ފުރަތަމަ ވުޖޫދަށް އާއިރު އޭރު ފަސޭހާ ރިޗާޖް ބޭނުން ކޮށްގެން ހަމައެކަނި ލިބެނީ ރީލޯޑާއި ރާސްޓަސް އެވެ. އެއީ އޭރެވެ. މިހާރު މިވީ ދެއަހަރު ތެރޭގައި އެ އެޕްލިކޭޝަނުން ވަނީ މަސް ނިމުމުން ހުރިހާ ދިމާއަކަށް ބިލް ދައްކަން ދުއްވަން ޖެހޭ ދުއްވުން ހުއްޓުވައިދީފަ އެވެ.
މަސް ނިމުމާއެކު ފޯނު ބިލާއި ފެން ބިލާއި، ކަރަންޓް ބިލް އަދި މީޑިއާ ނެޓް ބިލް ދައްކަން މީގެ ކުރިން އެތަންތަނުގެ އޮފީސް ދޮށަށް ދުއްވަން ޖެހުނަސް ފަސޭހަ ރީޗާޖާއެކު އެ ދުވުންތައް ހުއްޓުނީ އެވެ. މިހާރު ކޮންމެތާކު ހުރެގެންވެސް ފަސޭހަ ރިޗާޖް ބޭނުންކޮށްގެން އޮންލައިންކޮށް ބިލަށް ފައިސާ ދައްކާލެވެ އެވެ. އަދި ސާވިސް ސެންޓަރެއް އައުމުން އިތުރަށް މިއޮތީ ފަސޭހަވެފަ އެވެ.



