ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޤައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

ޤައުމީ ސަލާމް ކިޔުމަކީ ހުއްދަކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފިއެވެ.

ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ، ޤައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ، އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށެވެ.

"އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. އެހެންކަމުން. މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ،"" ފަތުވާގައި ބުނެފައިވެއެވެ.

ޤައުމީ ސަލާމް ކިޔުމަކީ ހުއްދަކަމެއް ކަމަށް ތަފުވާ މަޖިލީހުން ނިންމެވިއިރު، އައު ސަރުކާރުން މިމަހުގެ ފަސްވަނަ ދުވަހު ނިންމާފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހުރިހާ ސަކޫލްތަކެއްގައި ކިޔެވުން ޤައުމީ ސަލާމުން ފެށުމަށެވެ.

މީގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެސެމްބްލީގައި ޤައުމީ ސަލާމް ކީ ނަމަވެސް އެކަން ހުއްޓިފައިވަނީ ދީނީ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ