ހިޔާ ކުޑަކުދިންގެ ހަވީރު-1444- ފޮޓޯ/ އާބަންކޯ

މިއަދު ބާއްވަން ނިންމި ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި

މިހާރު ދިވެހިރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ގެ ކުޑަކުދިންގެ އާއިލީ ހަވީރުގެ ހަރަކާތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކެންސަލްކޮށްފިއެވެ.

މި ފެސްޓިވަލްގެ ތެރެއިން މިރޭ ބާއްވަން ނިންމި ހަރަކާތްތަށްވެސް އެ މިނިސްޓްރީން ވަނީ މޫސުން ތަން ނުދޭތީވެ ފަސްކޮށްފައެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، މޫސުން ގޯސް ވުމުގެ ސަބަބުން މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވުމަށް ނިންމާފައިވާ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ ކަމަށެވެ.

ކޮންމެ އަހަރަކު އައު އަހަރު ފާހަގަކުރަން ބޮޑު މިއުޒިކް ޝޯއެއް ބޭއްވުމުގެ ބަދަލުގައި، މިއަހަރު "ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ނަމުގައި އެތައް ކަމެއް ހިމެނޭ ފެސްޓިވަލް އެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން އޮތީ ތާވަލުކޮށްފައެވެ. މިރޭ ބާއްވަން ނިންމި ހަރަކާތްތަކުގެ ތެރޭގައި ލޭޒާ ޝޯ އާއި މިއުޒިކް ޝޯއެއްގެ އިތުރުން، މެންދަމު 12:00 ހަވާ އެރުވުމަށްވެސް އޮތީ ނިންމައިފައެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ