ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީއާއެވެ.
މި މަސައްކަތްތަށް ހަވާލުކުރުމަށް ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ.
މިމަސައްކަތްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:-
- ހއ. މޮޅަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ށ. ބިލެތްފަހި
- ރ. އންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ގދ. ވާދޫ
- ހއ. މާރަންދޫ
- ކ. ގުޅި
- ތ. މަޑިފުށި
- ހދ. ނައިވާދޫ
- ލ. މާވަށް
- އއ. މާޅޮސް
- އދ. ފެންފުށި
- މ. ވޭވަށް
މިރަށްރަށުގެ ސްކޫލްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވެއެވެ.



